ޕުޝްޕާ 2: ފުރަތަމަ ދުވަހު ދެ މަރު – އެކަކު ސިނަމާގައި ފިތި ބާރުވެގެން އަނެކަކު ސިނަމާއަށް ދާން ދުވަނިކޮށް ރޭލެއްގައި ޖެހިގެން

އައްލޫ އަރްޖޫންގެ ޕުޝްޕާ 2 ސިނަމާތަކުގައި އަޅުވަން ފަށާފައިވާއިރު ފިލްމު ބަލަން އުޅުމުގެ ތެރޭގައި ހިނގި ދެ ހާދިސާއެއްގައި ދެމީހަކު މަރުވެއްޖެއެވެ. މަރުވެފައިވާ އެކަކީ އުމުރުން 32 އަހަރުގެ ރެވަތީ ނަމަކ...

06 Dec 2024 | 02:41

އައްލޫ އަރްޖޫންގެ ޕުޝްޕާ 2 ސިނަމާތަކުގައި އަޅުވަން ފަށާފައިވާއިރު ފިލްމު ބަލަން އުޅުމުގެ ތެރޭގައި ހިނގި ދެ ހާދިސާއެއްގައި ދެމީހަކު މަރުވެއްޖެއެވެ.

މަރުވެފައިވާ އެކަކީ އުމުރުން 32 އަހަރުގެ ރެވަތީ ނަމަކަށް ކިޔާ އަންހެނެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރެވަތީ އާއި އޭނާގެ ފިރިމީހާ އެ ދެމަފިރިންގެ ދެ ދަރިން ގޮވައިގެން ހައިދަރްއާބާދުގެ ސަންދްޔާ ސިނަމާއަށް ދިޔައީ އެ ސިނަމާގައި އެ ފިލްމު ޕްރިމިއަރ ކުރާ ރަސްމިއްޔާތުގައި އައްލޫ އަރްޖޫންވެސް ބައިވެރިވާތީ ރެވަތީގެ ފިރިހެން ދަރިފުޅު އައްލޫ އަރްޖޫން ހަމަލޮލުން ދެކެން ބޭނުންވާތީ އެ ވާހަކަ ދެއްކުމުންނެވެ.

ރެވަތީ މަރުވީ އައްލޫ އަރްޖުން ބެލުމަށް މީހުންތައް ބޮނޑިވެގަތްވަގުތު އޭނާގެ ދަރިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަމަށް އިންޑިއާ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

މަރުވި ދެވަނަ ފަރާތަކީ އުމުރުން 19 އަހަރުގެ ޕްރަވީން ތަމައްޗަލަން ކިޔާ ފިރިހެނެކެވެ. އޭނާ މަރުވީ ޕުޝްޕާ އަޅުވާތީ ސިނަމާއާއި ދިމާއަށް ދުވެފައިދިޔަ މަގުމަތީގައި ރޭލަކުން ޖެހި ހިނގި ހާދިސާއެއްގައެވެ.

ޕުޝްޕާ 2 އިއްޔެ ރިލީޒްކޮށްފައިވާއިރު މި ފިލްމު ވެގެންދާނީ މި އަހަރުތެރޭގައި ނެރުނު އެންމެ ވިޔަފާރި ރަނގަޅު ފިލްމަށްކަމަށް އަންދާޒާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް