ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އާ ވައްތަރެއްގެ މަހެއް ހޯދައިފި – ދިނީވެސް ދިވެހި ނަމެއް

މުޅިން އާ ވައްތަރެއްގެ މަހެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިފައިވާކަން ސައިންސްވެރިން ހާމަކޮށްފިއެވެ. ނިލަމެހި އާއިލާއަށް ނިސްބަތްވާ އެ މަސް ރާއްޖެ ސަރަހައްދުގެ ކަނޑުގެ އަޑިން ދެނެގަތީ މެރިން ސައި...

06 Dec 2024 | 02:09

މުޅިން އާ ވައްތަރެއްގެ މަހެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިފައިވާކަން ސައިންސްވެރިން ހާމަކޮށްފިއެވެ.

ނިލަމެހި އާއިލާއަށް ނިސްބަތްވާ އެ މަސް ރާއްޖެ ސަރަހައްދުގެ ކަނޑުގެ އަޑިން ދެނެގަތީ މެރިން ސައިންސްގެ ޓީމަކުންނެވެ. އެ ޓީމުގައި އިސްވެ ހަރަކާތްތެރިވެފައިވަނީ ލުއިޒް އޭ ރޯޗާ އެވެ. ރިސާޗް ގޭޓްގައި މި މަހާއިބެހޭ ދިރާސީ މައުލޫމާތު މިހާރު ހާމަކޮށްފައިވާއިރު އެ ރިޕޯޓުގައި ބުނެފައިވަނީ މި މަސް ފެނިފައިވަނީ ޅ. އަތޮޅު ސަރަހައްދުން ކަމަށެވެ.

މި ނަމަށް ދީފައިވަނީވެސް ދިވެހި ނަމެކެވެ. އެއީ "ކްރޯމިސް އަބަދަށް" މި ނަމެވެ. އެ ނަމުން ކްރޯމިސް އަކީ މި މަހުގެ އާއިލީ ނަމެވެ.

މި މަސް ދެނެގަތް ޓީމުގެ ތެރޭގައި ދިވެހި ބަޔޮލޮޖިސްޓް އަހްމަދު ނަޖީބުގެ ނަންވެސް ރިސާޗްގޭޓްގެ އެ ދިރާސާ ރިޕޯޓްގައި ހިމަނާފައިވެއެވެ.

މި މަހުގެ ބާވަތް ފެނިފައިވަނީ ގާތްގަނޑަކަށް 330 ފޫޓު އަޑިންކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް