ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަންގެ ލީޑަރަކަށް ރައީސް މުއިއްޒު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްންސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސްގެ ލީޑަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ. ކޯލީޝަންގެ ...

06 Dec 2023 | 18:54

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްންސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސްގެ ލީޑަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ކޯލީޝަންގެ ލީޑަރުގެ މަގާމަށް މިރޭ ރައީސް މުއިއްޒު އިންތިހާބުކޮށްފައިވަނީ މިރޭ ބޭއްވި އެ ކޯލީޝަންގެ ޖޮއިންޓް ސެނެޓުގެ ބައްދަލުވުމުގައި ޖޮއިންޓް ސެނެޓްގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އެ މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި، ރައީސް ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވުމާއި ހަމައިންނެވެ.

ޕީޕީއެމްއިން ވަކިވެ ރައީސް ޔާމީން މިހާރު ގެންދަވަނީ ޕްރޮގްރެސިވް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނަމުގައި އިތުރު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް