ތާރީޚް: 07 ޑިސެމްބަރ 2022
ގަޑި: 00:00
ސްޓޭޑިއަމް: ލުސެއިލް ސްޓޭޑިއަމް
ފީފާ ރޭންކިންގ: ޕޯޗުގަލް (9)، ސްވިޒަލެންޑް (15)
ހެޑް-ޓު-ހެޑް ނަތީޖާތައް:
ފީފާ ވޯލްޑް ކަޕްގައި އަދި މި ދެ ގައުމުގެ ކުރިމަތިލުމެއް ނުފެނެއެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކޮލިފިކޭޝަންގައި މި ދެ ގައުމު 2016 ވަނަ އަހަރު 2 މެޗު ކުޅުނުއިރު، 2-0 ގެ ނަތީޖާއިން ޕޯޗުގަލް އެއް މެޗުން މޮޅުވެ، ހަމަ އެ ނަތީޖާއިން ސްވިޒަލެންޑް އަނެއް މެޗުން މޮޅުވީއެވެ. ޔުއެފާ ނޭޝަންސް ލީގުގައި މިހާތަނަށް މި ދެ ގައުމު 3 މެޗެއް ކުޅެފައިވާއިރު، ޕޯޗުގަލްއަށް ލިބުނީ 2 މޮޅެވެ. އަނެއް މެޗު ކާމިޔާބުކުރީ ސްވިޒަލެންޑެވެ.
ފީފާ ވޯލްޑް ކަޕް 2022 ގެ ރައުންޑް އޮފް 16 ގެ އެންމެ ފަހު މެޗަށް ޕޯޗުގަލް އާއި ސްވިޒަލެންޑް ނުކުންނައިރު، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ 11 ގައި ހިމަނާފައެއް ނެތެވެ. އެ ޓީމުން މިރޭގެ މެޗަށް މި ބޮޑު ބަދަލު ފެނުނުއިރު، މި ފަހުން ރޮނާލްޑޯގެ ކުޅުން ދަށްވެ، އޭނާގެ ފަރާތުން ޓީމަށް ފައިދާއަށްވުރެ ބޮޑަށް ގެއްލުން ވާކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެހެން ނަމަވެސް، ނަތީޖާ ނެރުމަށް މެޗުގެ ފަހު ވަގުތު އޭނާ ބޭނުންކުރަން ޖެހިއްޖެނަމަ އެކަން މިރޭގެ މެޗުން ފެނުން ގާތެވެ.
ސްވިޒަލެންޑް ޓީމަށް ބަލާއިރު، ފުރަތަމަ މެޗުގެ ފުރަތަމަ 11 އިން ޖާގަ ނުލިބުނަސް، ލިބުނު ފުރުސަތުގައި ގާބިލްކަން ދައްކާލާ، ސަޚީރީ ވަނީ މިރޭގެ މެޗުގެ ފުރަތަމަ 11 އިން ޖާގަ ހޯދާފައެވެ. ސްވިޒަލެންޑް ޓީމުން މިރޭ އެމްބޯލޯ އާއި ޝަކާގެ ބޭނުން ހިފޭނަމަ، ޕޯޗުގަލްގެ މައްޗަށް ކާމިޔާބު ހޯދުން ވެސް ގާތެވެ.
މޮޅުވާ ބަޔަކު ވާދަކުރަން ޖެހޭނީ ކޮން ބަޔަކާ؟
ރައުންޑް އޮފް 16 ގެ މި މެޗުން މޮޅުވާ ގައުމެއް ވާދަކުރަން ޖެހޭނީ މޮރޮކޯއާއެވެ.
ދުވަސްގެ ލަފާކުރުން:
މި މެޗަށް ދުވަސްގެ ލަފާކުރުމަކީ، އިތުރު ވަގުތުގެ 2 ހާފު ކުޅެ، 2-1 ގެ ނަތީޖާއިން ޕޯޗުގަލް މެޗު ކާމިޔާބުކުރުމެވެ.
ޕޯޗުގަލް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:
ކޮސްޓާ، ޑެލޮޓް، ޕެޕޭ، ޑިއަސް، ގުރެއިރޯ، އޮޓަވީނޯ، ކަވާޅޯ، ބާނާޑޯ ސިލްވާ، ބްރޫނޯ، ގޮންކާލޯ ރާމޯސް، ޖޯ ފީލިކްސް
ސްވިޒަލެންޑް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:
ސޮމާ، ފެނާންޑޭޒް، ސްކާ، އަކާންޖީ، ރޮޑްރިގޭޒް، ފްރުއެލާ، ޝަކާ، ސަޚީރީ، ސޯ، ވާގަސް، އެމްބޯލޯ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް