ދިރާގުން މުޅިން އައު ފައިބަރ އަންލިމިޓެޑް ހޯމް އިންޓަނެޓް ޕެކޭޖްތަކެއް

ދިރާގުން މުޅިން އައު ފައިބަރ އަންލިމިޓެޑް ހޯމް އިންޓަނެޓް ޕެކޭޖަތަކެއް ތަޢާރަފްކޮށްފިއެވެ. ދިރާގުން އެ ކުންފުނީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުނ...

06 Dec 2022 | 15:39

ދިރާގުން މުޅިން އައު ފައިބަރ އަންލިމިޓެޑް ހޯމް އިންޓަނެޓް ޕެކޭޖަތަކެއް ތަޢާރަފްކޮށްފިއެވެ.

ދިރާގުން އެ ކުންފުނީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖަރު ކޮންސިއުމަރ ޕޯސްޓްޕެއިޑް އެފް.ބީ.ބީ، ޖަނާ އިބްރާހިމް ވިދާޅުވީ، "ކަސްޓަމަރުންގެ ބޭނުންތަކައި އެއްގޮތަށް ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފަރުމާކޮށް، އެ ފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ މުއްސަނދި ކުރުމަށް އިތުރު ވެލިއު އޮޕްޝަންތައް ފޯރުކޮށްދިނުމަށް އަބަދުވެސް ދިރާގުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

އެގޮތުން ޖަނާ ވިދާޅުވީ މި ފައިބަރ އަންލިމިޓެޑް ޕެކޭޖްތަކާއެކު ކަސްޓަމަރުންގެ އިތުރުވަމުންދާ ޑިޖިޓަލް ބޭނުންތަކަށް އެންމެ ހަލުވި ސްޕީޑްގައި އަންލިމިޓަޑް ހޯމް އިންޓަނެޓް ތަޖުރިބާކޮށްލެވޭނެ ކަމަށެވެ.

ދިރާގު ފައިބަރ އަންލިމިޓެޑްގެ ދެ ޕެކޭޖެއް މިއަދު ތަޢާރަފްކޮށްފައި ވާއިރު އެއީ ފައިބަރ 50އެމް އަންލިމިޓެޑް ޕެކޭޖް، 1490 ރުފިޔާއަށް އަދި ފައިބަރ 100އެމް އަންލިމިޓެޑް ޕެކޭޖް 2800 ރުފިޔާއަށެވެ.

ދިރާގުން ހާމަކުރާގޮތުގައި ފައިބަރ 50އެމް ޕެކޭޖަށް ސަބްސްކްރައިބްކޮށްފައިވާ ކަސްޓަމަރުން މިހާރުވާނީ އެއްވެސް އިތުރު ޚަރަދަކާއި ނުލައި ފައިބަރ 50އެމް އަންލިމިޓެޑް ޕެކޭޖަށް އަޕްގްރޭޑްކުރެވިފައި ކަމަށެވެ.

މީގެ އިތުރުން ދިރާގުން ބުނީ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރ އަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯ.އެން.ޓީ ވެސް ޑިސެންބަރު 2022 ގެ ނިޔަލަށް ހިލޭ ލިބިގެންދާނެ ކަމަށެވެ.

އަދި އަލަށް ދިރާގު ފައިބަރ އަންލިމިޓެޑްއަށް އެޕްލައިކުރަން ބޭނުންވާ ފަރާތްތަކަށް ދިރާގު މައިއެކައުންޓް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު އެޕްލައިކޮށްލެވޭނެ ކަމަށް ދިރާގުން ހާމަކުރެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 102 ރަށެއް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް