5K ޓީމް ރަން: އައު އަހަރަށް މަރުހަބާ ކިޔުމަށް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމުކުރާ ދުވުމެއް

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ކުލަބު ސްޕޯޓްސްކޯ އިންތިޒާމްކޮށްގެން އާ އަހަރަށް މަރުހަބާ ކިޔުމަށް، އަންނަ ޖެނުއަރީ 13، 2023 ވާ ހުކުރު ދުވަހު ހެނދުނު 06:30 ގައި "5K ޓީމް ރަން" ގެ ނަމުގައި ޓީމް ރަން އ...

06 Dec 2022 | 14:34

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ކުލަބު ސްޕޯޓްސްކޯ އިންތިޒާމްކޮށްގެން އާ އަހަރަށް މަރުހަބާ ކިޔުމަށް، އަންނަ ޖެނުއަރީ 13، 2023 ވާ ހުކުރު ދުވަހު ހެނދުނު 06:30 ގައި "5K ޓީމް ރަން" ގެ ނަމުގައި ޓީމް ރަން އެއް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައި ރަޖިސްޓްރީ ވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

"5K ޓީމް ރަން" ބޭއްވުމުގެ މަޤްސަދަކީ އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދިރިއުޅުމުގެ އާދަކާދަތަކާއި ގުޅިގެން ދިމާވާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހޭލުންތެރި ކުރުމުގެ އިތުރުން އެކުވެރި މާހައުލެއްގައި ދުވެލުމުގެ ފުރުސަތު ފަހިކޮށްދިނުންކަމުގައި އެ ކޯޕަރޭޝަނުން ބުނެއެވެ.

މި ރޭހުގައި ބައިވެރިވުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށާއި ކުޅިވަރު އެކަޑަމީތަކުގެ އިތުރުން އެން.ޖީ.އޯތަކަށް ވަނީ ހުޅުވާލެވިފައެވެ. ޓީމެއްގައި ފަސް ދުވުންތެރިން ހިމެނޭނެހެން، ކޮންމެ ޓީމަކުންވެސް ދުވުމަށް ހަމަޖެހިފައިވަނީ ފަސް ކިލޯމީޓަރަށެވެ. ޓީމުން މިދުވުން ނިންމި ކަމަށް ބެލެވޭނީ ޓީމުގެ ހުރިހާ ދުވުންތެރިން އެއްވަގުތެއްގައި ދުވުން ނިންމުމުންނެވެ.

މިދުވުމުގައި ރެޖިސްޓަރ ކުރުމަށްޓަކައި، ރެޖިސްޓްރޭޝަން ފޯމް ސްޕޯޓްސް ކޯޕަރޭޝަންގެ ވެބްސައިޓުންނާއި، ފޭސް ބުކް ޕޭޖްގެ އިތުރުން، ސްޕޯޓްސް ކޯޕަރޭޝަނުން ލިބެން ހުންނާނެއެވެ. ރަޖިސްޓްރޭޝަންގެ ސުންގަޑިއަކީ 25 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ ދުވަހުގެ 12:00 ގައެވެ. މިދުވުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންފުޅު ވާނަމަ 7976725 އަށް ގުޅުއްވުން ސްޕޯޓްސް ކޯޕަރޭޝަނުން އެދެއެވެ.

5K ޓީމް ރަންގެ ހޯސްޓިން ޕާޓުނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް