ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ދޭ ޕްރޮޖެކްޓުތައް އިއުލާނުކޮށްދި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން އަލަށް އެހީ ލިބޭ ޕްރޮޖެކްޓުތައް އިއުލާނުކޮށްފި އެވެ. ބީއެމްއެލްއިން ބުނީ މި ޕްރޮޖެކްޓުތަކަކީ މިއަހަރުގެ ތިންވަނަ އަދި ހަތަރުވ...

06 Dec 2022 | 08:18

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން އަލަށް އެހީ ލިބޭ ޕްރޮޖެކްޓުތައް އިއުލާނުކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ މި ޕްރޮޖެކްޓުތަކަކީ މިއަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓާގައި ހުށަހެޅި ޕްރޮޕޯސަލްތައް ކަމަށެވެ. މިފަހަރު އެންމެ ރަނގަޅު 10 ޕްރޮޖެކްޓަކަށް އެހީ ދިނުމަށް ނިންމާފައިވެ އެވެ.

އެ ޕްރޮޖެކްޓުތަކަކީ:

  • ހއ. މާރަންދޫ ސްކޫލުގައި އައުޓްޑޯ ލައިބްރަރީއެއް ތަރައްގީކުރުން ބަނޑޭރިސްޓަރ ސްޕޯޓްސް ކްލަބް ހއ. މާރަންދޫ
  • ބީޗް ޕިކްނިކް ޕާކު ތަރައްގީކުރުން ސީޑް އެސޯސިއޭޝަން ނ. ޅޮހި
  • ހާބަރު ސަރަހައްދުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމްކުރުން މުންޑޫ ޒުވާނުންގެ ޖަމިއްޔާ ލ. މުންޑޫ
  • ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުން ކިއްސަރު އެންޖީއޯ ގއ. ކޮނޑޭ
  • މަޑުއްވަރީ ސްކޫލުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމްކުރުން މަޑުއްވަރީ އިޖްތިމާއީ ގުޅުން މ. މަޑުއްވަރީ
  • ސްކޫލު ކޮމްޕިއުޓަރ ލެބް ތަރައްގީކުރުން އަރުލާ ސްޕޯޓްސް އެކަޑަމީ ށ. ފޯކައިދޫ
  • މިލަންދޫ ސްކޫލުގެ އަލިމަސް ޕާކު ތަރައްގީކުރުން މިލަންދޫ ސްޕޯޓްސް ކްލަބް ށ. މިލަންދޫ
  • ކްލާސްރޫމް ޑިޖިޓައިޒް ކުރުން ވިމެން އެންހޭންސްމަންޓް ލ. ފޮނަދޫ
  • މަގުބައްތި ހަރުކުރުން މާޅޮސް ރެކްރިއޭޝަން އެންޑް އެންވަރރަމަންޓް ސޮސައިޓީ ބ. މާޅޮސް
  • ކޮމިއުނިޓީ ގާޑަން ވެހި ސާފު ސ. ހިތަދޫ

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެލްއެލްއިން ހުޅުވާފައވާ ފަންޑެކެވެ.

މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް އެ ބޭންކުން މައުލޫމާތުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް