ތިލަމާލޭ ބްރިޖް މަސައްކަތް ކުރަނިކޮށް ބިންދައިގެން ގޮސް ކަނޑަށް ވެއްޓުނު ކެރޭނުގެ ބައި ނަގައިފި އެވެ.
އެ ކެރޭނު ބައެއް ކަނޑައިގެން ގޮސް ވެއްޓުނީ ބޫމް ފެއިލްވެގެން ކަމަށް ޕްލޭނިން މިނިސްޓްރީން މީޑިއާގައި ބުނެފައިވެ އެވެ. އެ ހާދިސާ ހިނގީ އިއްޔެ އެވެ.
އެމިނިސްޓްރީން މިއަދު ބުނީ ކަނޑަށް ވެއްޓުނު ކެރޭނުގެ ބައި ރޭގެ ވަގުތެއްގައި ނަގާފައިވާ ކަމަށެވެ. ކެރޭނުގެ ބައި ވެއްޓުނު ނަމަވެސް މަސައްކަތަށް އެއްވެސް ބުރޫއެއް ނާރާ ކަމަށް ބުނެފައިވެ އެވެ.
މިދިޔަ އޮގަސްޓު މަހު ތެރޭގައި އެ މަޝްރޫއުގައި ބޭނުން ކުރި ޕްލެޓު ފޯމެއް ވިލިމާލޭ ފަރަށްވެސް އެރި އެވެ. އެ ޕްލެޓްފޯމް ނެގުނީ12 ދުވަސް ފަހުންނެވެ.
ތިލަމާލޭ ބްރިޖު މަޝްރޫއު ކުރިޔަށް ގެންދަނީ އިންޑިއާގެ އެފްކޮނ1 ކުންފުނިންނެވެ.
ޕްލެޓްފޯމް ފަރަށް އެރި މައްސަލައިގަ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެފްކޮން 69 މިލިއަން ރުފިޔާ އިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ. ނަމަވެސް އެ ފައިސާ އަދި ނުދައްކަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް