ވޯލްޑްކަޕް ޓްރޮފީ ދައްކާލާ ޓީމުގައި ދީޕިކާ، ވަރަށް އަވަހަށް ގަތަރަށް ދާނެ!

މިހާރު ކުރިޔަށްދާ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ޓްރޮފީ ދައްކާލާ މީހުންގެ ތެރޭގައި ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ޓްރޮފީ ދައްކާލާނީ ގަތަރުގައި މިހާރު ކުރި...

06 Dec 2022 | 05:35

މިހާރު ކުރިޔަށްދާ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ޓްރޮފީ ދައްކާލާ މީހުންގެ ތެރޭގައި ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޓްރޮފީ ދައްކާލާނީ ގަތަރުގައި މިހާރު ކުރިޔަށްދާ މުބާރާތުގެ ފައިނަލް މެޗުގައި އެވެ. އެ މެޗު އޮންނާނީ ވެރިރަށް ދޯހާގެ ލުސައިލް އައިކޮނިކް ސްޓޭޑިއަމްގައި މިމަހުގެ 18 ވަނަ ދުވަހު އެވެ.

އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ރަސްމިއްޔާތުގައި ޓްރޮފީ ދައްކާލާނީ ބައިނަލްއަގުވާމީ ފެންނަވަރުންގެ މަޝްހޫރު މީހުންނެވެ. އޭގެ ތެރޭގައި ދީޕިކާ ހިމެނޭއިރު އެ ހަރަކާތުގައި ބައިވެރިވާން އޭނާ ވަރަށް އަވަހަށް ދޯހާއަށް ފުރާނެ ކަމަށް ބުންޏެވެ.

މިއަހަރުގެ ވޯލްޑްކަޕްގެ ހުރިހާ ރަސްމިއްޔާތުތަކެއްގައިވެސް މައިގަނޑު ގޮތެއްގައި ބޭނުން ކުރަމުންދަނީ އޭޝިއާ އަދި އިސްލާމީ ގައުމުތަކުގެ މަޝްހޫރު ފަރާތްތަކެވެ. އެގޮތުން ވޯލްޑްކަޕް ތީމް ލަވައިގަ ލީޑްކޮށްފައިވަނީ އިންޑިއާ، އޮމާން އަދި ގަތަރުގެ މަޝްހޫރު ނެށުންތެރިންނާއި ލަވަކިޔުންތެރިންނެވެ.

ވޯލްޑްކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ރަސްމީ ލަވަ ހުށަހަޅައިދިނީ ސައުތް ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިއެެވެ.

ދީޕިކާގެ ފިލްމީ މަސައްކަތަށް ބަލާއިރު، އޭނާ ދެން އެންމެ އަަވަހަށް ފެނިގެން ދާނީ ފިލްމު "ޕަތާން" އިންނެވެ. އެ ފިލްމުގައި އޭނާ އާއި އެކު ފެނިގެންދާނީ ޝާހްރުކް ޚާނާއި ޖޯން އަބްރަހަމްއާއެވެ.

މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް