ބޮލީވުޑްގައި މިހާރު އެންމެ ކާމިޔާބު ފިރިހެން ތަރިއަކީ ކާތިކް އާރްޔަން އެވެ.
މިއަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަކީ އޭނާގެ "ބޫލް ބުލައިޔާ 2" އެވެ. މިހާރު އޯޓީޓީގައި ރިލީޒްކޮށްފައިވާ "ފްރެޑީ" ވެސް ދަނީ ހަމަ އެހާ ބޮޑު ކާމިޔާބެއް ހޯދަމުންނެވެ.
އާރްޔަން މީޑިއާގައި ބުނީ ބޭނުންވަނީ އޭނާ ނޫން ޗޮއިސްއެއް ޑައިރެކްޓަރުންނަށް ނުފެންނަން ކަމަށެވެ. ފިލްމު އުފައްދާ މީހުން އޭނާއަށް އަބަދު ފިލްމު ކުޅެން ފުރުސަތު ދިނުމަކީ އެންމެ ބޭނުންވާ ގޮތް ކަމަށާއި އެހާ ފުރިހަމަ އެކްޓިންއެއް މިހާރު ދެއްކޭ ކަމަށް ގަބޫލު ކުރާ ކަމަށް ކާތިކް ބުންޏެވެ.
އެވާހަކަތަކާއި ގުޅުވައިގެން ކާތިކް ބުނީ ކޮންމެ ބަހެއްގެ ފިލްމު ކުޅެންވެސް ހުރީ ތައްޔާރަށް ކަމަށެވެ. އެކަމަކު މިވަގުތު އެންމެ ބޭނުންވަނީ ތަމަޅަ ނުވަތަ ޓެލުގޫ ފިލްމެއް ކަމަށް ބުނެފައިވެ އެވެ.
އެ ފިލްމު ވާން ޖެހޭނީ ރަނގަޅު ސްކްރިޕްޓެއްގެ ފިލްމަކަށް ކަމަށާއި ބޮލީވުޑެކޭ އެއްގޮތަށް އެ ބަސްބަހުގެ ފިލްމުތަކަށްވެސް އޭނާގެ އެންމެ ބެސްޓު ދޭނެ ކަމަށެވެ. އެފަދަ ހުށަހެޅުމެއް ލިބިފައިވާ ކަމަކަށް ނުބުނެ އެވެ.
ކާތިކް ދެން އެންމެ އަވަހަށް ފެންނާނީ ފިލްމު "ޝެހެޒާދާ" އިންނެވެ. އަންނަ އަހަރު ރިލީޒް ކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ ރޯހިތް ދަވަން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް