ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކާޑުން ވިޔަފާރިކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުޞަތު

06 Nov 2026 | 05:26
މީހަކު ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުން ކުރަނީ -- ފޮޓޯ: ބީއެމްއެލް

މީހަކު ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުން ކުރަނީ -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ އިއްޔެއިން ފެށިގެން މިއަހަރުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ބީއެމްއެލް ނުވަތަ ބީއެމްއެލް އިސްލާމިކްގެ އެމެރިކަން އެކްސްޕްރެސް ކާޑަކުން ކޮންމެ ހަފުތާއެއްގައި 1,000 ރުފިޔާ އަށް ވުރެ މަދުނޫން ޢަދަދަކަށް ވިޔަފާރިކުރާ ފަރާތްތަކަށެވެ.

ކާޑު މެޝިން، ބީއެމްއެލް ގޭޓުވޭ އަދި ކިއުއާރު ކޯޑު މެދުވެރިކޮށް ކުރާ މުޢާމަލާތްތައް ވެސް ހަފުތާގެ ޚަރަދުގެ ގޮތުގައި ގުނާނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

ޕްރޮމޯޝަން ނިމުމުން ގުރުއަތުގެ އުސޫލުން ހަތަރު ފަރާތެއް ހޮވައި، ތަފާތު ތަޖުރިބާތަކެއް ކޮށްލެވޭ ފަދަ އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ހާޑް ރޮކް ކެފޭ މޯލްޑިވްސް އިން ދެ ފަރާތަކަށް ރޭގަނޑުގެ ކެއުމެއް ލިބެ އެވެ. އަދި މެކްބުކް ނިއޯ އެޕަލް ވޮޗް އަދި އެއަޕޮޑްސް ހިމެނޭހެން އެޕަލްގެ އުފެއްދުންތައް ދިނުމަށް ހަމަޖެހިފައިވެ އެވެ.

މި އިނާމު ލިބޭ ފަރާތުގެ އިތުރުން ހަތަރު ފަރާތެއް ހިމެނުމުގެ ފުރުސަތު ލިބޭގޮތަށް ފުޅަދޫ  ވިލާ މިއާ ގައި އިތުރު ހަރަކާތްތަކާ އެކު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތާއި ދެ ފަރަތާތަކަށް، މަންތާރޭ ސްނޯރކްލިން ހިމެނޭހެން ރިސޯޓެއްގއި ދެ ރޭގެ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަނުގެ ބޭނުމަކީ އެމެރިކަން އެކްސްޕްރެސް ކާޑުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އާންމު ވިޔަފާރީގެ ތެރެއިން ތަފާތު ފުރުޞަތުތަކެއް ފަހިކޮށްދިނުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް