އިނގިރޭސި އަންހެނަކު އަމިއްލަ ނަޖިސް ފިރިމީހާގެ އަނގަމަތީގައި އުނގުޅިކަން ސާބިތުވެ އަހަރު ދުވަހަށް ޖަލަށްލަނީ

05 Nov 2026 | 19:19
އިނގިރޭސިވިލާތުގެ ނިއު ފޮރެސްޓު --

އިނގިރޭސިވިލާތުގެ ނިއު ފޮރެސްޓު --

އިނގިރޭސިވިލާތުގެ ނިއު ފޮރެސްޓުގައި އަންހެނަކު އޭނާގެ ފިރިމީހާއަށް ޖިސްމާނީ އަދި ލާއިންސާނީ އަނިޔާ ދިންކަން ސާބިތުވެ 12 މަހަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.

އުމުރުން 63 އަހަރުގެ އެލިސަން މޫ ކިޔާ އެ އަންހެން މީހާ ވަނީ ދެމަފިރިންގެ ދޭތެރޭ ޖެހުނު މައްސަލައެއްގައި ޒުވާބުކޮށް އެމީހުން ދިޔަ ޕާޓީއެއްގައި އޭނާގެ ދިފާއުގައި ފިރިމީހާ ވާހަކަ ނުދައްކާ ކަމަށްބުނެ ތަކުރާރުކޮށް ޖިސްމާނީ އަނިޔާ ދީފައި އެވެ. އެވަރުން ނުފުދިގެން ބޮޑުކަމުގޮސް އަމިއްލަ ނަޖިސް ނަގައި ފިރިމީހާގެ އަނގަމަތީ އުނގުޅައި ނަޖިހުން ލާއިންސާނީ އަނިޔާ ދީފައި ކަމަށްވެ އެވެ.

މި ހާދިސާއާއި ގުޅިގެން ސަލާމަތްވެގެން ގޮސް ރޮބް މޫ ނަމަކަށް ކިޔާ އެ ފިރިހެން މީހާ ވަނީ ނަޖިސްތައް ފޮހުމުގެ ކުރިން ފޮޓޯ ނަގާފައި އެވެ. މި ކަމެއް ހިނގީ މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު އެވެ. އޭނާ ނަޖިސް އުނގުޅީ މާ ވާހަކަ ގިނަ ކަމަށް ބުނެ އެވެ.

އެ މައްސަލަ ރޮބް ފުލުހުންނަށް ހުށަހެޅީ ހެއްކާއި އެކު އެވެ. އަދި 2024 ވަނަ އަހަރު އޭނާގެ ބުރަކަށީގައި ފިހިގަނޑުން ޖަހައި، މޫނު މަތީގައި އަންހެން މީހާ އަޅައިގެން ހުރި އަނގޮޓި ބޭނުންކޮށްގެން ޖެހުމުން ލިބިފައިވާ ގެއްލުންތަކުގެ ފޮޓޯވެސް ފުލުހުންނަށް ހުށަހެޅި އެވެ. މި މައްސަލައިގަ އެލިސަން ހައްޔަރު ކުރުމުން އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ފަހުން ބަޔާނެއް ލިޔެފައި ދިން ކަމަށްވެ އެވެ. މި ލިޔުން ޕްރޮސެކިއުޓަރުން ސިފަ ކުރީ އޭނާ ކުށަށް އިންކާރު ކުރުން ކަމުގައި އެވެ.

މި މައްސަލައިން ދިފާއުވާން އެލިސަންގެ ވަކީލު ބުނީ އޭނާ އަކީ މައިންބަފައިން މަރުވެ، ދައްތަ ކުއްލިގޮތަކަށް ސިޑިން ވެއްޓި މަރުވާއި އޭނާގެ ކުއްތާ މަރުވުމުން ވަރަށް ބޮޑަށް ޑިޕްރެޝަނަށް ގޮސް ހުރި މީހެއް ކަމަށެވެ. ނަމަވެސް އެ ވަކީލުވެސް ވަނީ އަނގަމަތީ ނަޖިސް އުނގުޅައި އަނިޔާ ދިނުން ބަލައި ނުގަނެވޭކަން ގަބޫލު ކުރާ ކަމަށް ބުނެފައި އެވެ.

ނަމަވެސް އޭނާ ހުކުމް ތަންފީޒު ކުރުން 18 މަހަށް ވަނީ މަޑުޖައްސާލާފައި އެވެ. އޭގެ ސަބަބެއް އަދި ނޭނގެ އެވެ.

އެލިސަން މޫގެ ކުރީގެ ކުށުގެ ރެކޯޑުތައް ދައްކާގޮތުން މަސްތުގެ ޙާލުގައި އުޅަނދު ދުއްވުމާއި، 2022 ވަނަ އަހަރު މާ ގަޔަވާ ބޮޑީބިލްޑް ކުރާ މީހަކު ފެނިގެން އަޅައިގަނެގެން އުޅެމުން އެ މީހާގެ ބައިވެރިޔާގެ ގައިގައި ޖެހުން ހިމެނެއެވެ. އެ މައްސަލައިގައި 12 މަހުގެ ރެސްޓްރެއިނިން އޯޑަރަކާއި 100 ގަޑިއިރުގެ މުޖުތަމަޢީ ޚިދުމަތާއި 500 ޕައުންޑުގެ ބަދަލާއި 715 ޕައުންޑުގެ ކޯޓު ޚަރަދު ދެއްކުމަށް އަމުރުކޮށްފައިވެއެވެ. ފަހުގެ ހުކުމުގެ ކުރިން އެލިސަން ވަނީ ތިން ހަފުތާ އެޗްއެމްޕީ ބްރޮންޒްފީލްޑު ޖަލުގައި ބަންދުގައި ހޭދަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް