ޝަހީދު ހުސައިން އާދަމް ބިލްޑިން --
ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނި ކޮށްދިން މައްސަލައެއް ދިވެހި ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މި ހާދިސާ ހިނގި ކަމަށް ވަނީ މިދިޔަ ހަފްތާގައި އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ރިސޯޓެއްގެ ގޮނޑުދޮށުގައި ދެ ފިރިހެނަކަށް ކައިވެނިކޮށްދޭތަނެވެ.
މި މައްސަލައިިގައި ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ އަމަލަކީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލަކަށް ވާތީ ދިވެހި ފުލުހުން އެކަން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ވެފައި ދީނީ އަދި ޝަރުއީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާއި އާންމު އިޖްތިމާއީ އަދި އހުލާގީ މިންގަނޑުތަކާއި ހިލާފު މިފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.
އަދި ރިސޯޓުތަކާއި ގެސްޓު ހައުސް އަދި އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުންވެސް މިފަދަ އަމަލުތައް ހިންގައި ނުދިނުމަށް އިލްތިމާސްކޮށްފައިވެ އެވެ.
ފުލުހުން ވަނީ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަލާނެކަން ހަނދާން ކޮށްދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް