ދިއްލީގެ ވައި ސާފުކުރަން ވިލާތަކަށް ކެމިކަލް ފޮނުވައިގެން މަސްނޫއީ ވާރޭ ވެއްސުމުގެ މަސައްކަތް އިންޑިއާއިން ފަށައިފި

06 Nov 2026 | 05:02
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ވައި ނުސާފުވެފައި --

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ވައި ނުސާފުވެފައި --

އިންޑިއާގައި މިހާރު ފާހަގަ ކުރަމުންދާ ދީވާލީއާ ގުޅިގެން ވައި ތަޣައްޔަރުވުމުގެ މިންވަރު އިތުރުވެއްޖެނަމަ، ކްލައުޑް ސީޑިން މެދުވެރިކޮށް މިއަހަރު މަސްނޫޢީ ވާރޭ ވެއްސުމުގެ މަސައްކަތް އިތުރު ކުރަން އިންޑިއާގެ ވެރިރަށް ދިއްލީ ސަރުކާރުން ރާވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ދިއްލީގެ ވައިގެ ފެންވަރު ދައްކައިދޭ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) މިހާރު 367 ގައި އެވެ. ބައެއް ދިއްލީގެ ބައެއް ސަރަހައްދުތަކުގައި އެ މިންވަރު 459 ގައި ހުރި އިރު ޕީއެމް 2.5 ފާހަގަވީ އެންމެ ބޮޑު ތަޣައްޔަރު މާއްދާގެ ގޮތުގައެވެ.

ވިޒިބިލިޓީ ވަރަށް ބޮޑަށް ދަށްވެ، ބޯ ދުމުގެ ސަބަބުން އިންޑިއާ ގޭޓް ފަދަ މަޝްހޫރު ތަންތަން ނުފެންނަ ވަރަށް ފޮރުވިފައިވާ ކަމަށާއި ނޭވާލުމުގެ ދަތިތައް ކުރިމަތިވާ ކަމަށް ރައްޔިތުން ބުނެފައިވެއެވެ.

މި މައްސަލަތަކުގެ ތެރޭގައި މ=ފަހުގެ ހުރިހާ އަހަރެއްގައި ދިއްލީ އުޅެން ޖެހުމާއި ގުޅިގެން ސަރުކާޜުން މިހާރު ވަނީ އިތުރު ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފަށާފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ފާއިތުވި 15 ދުވަސް ތެރޭ ދިއްލީ ސަރުކާރުން ދެ ފަހަރެއްގެ މަތީން ކްލައުޑް ސީޑިންގެ ޓެސްޓު ހަދައިފައިވެއެވެ. އެއް ޓެސްޓު ކުރީ ދިއްލީ އެއާޕޯޓު ސަރަހައްދުގައެވެ.

މި ފަހަރުގެ ޓެސްޓުތައް ބެލެހެއްޓީ ގާތްގަނޑަކަށް 30,000 މީޓަރު އުހުންނެވެ — މިދިޔަ އަހަރު ހެދީ 10,000 މީޓަރު އުހުންނެވެ. ކްލައުޑް ސީޑިން އަކީ ވިލާގަނޑުގެ ތެރެއަށް ސިލްވާ އައޮޑައިޑާއި ޑްރައި އައިސް ފަދަ މާއްދާތައް ފޮނުވައިގެން މަސްނޫއީ ވާރޭ ވެއްސުމުގެ ޕްރޮސެސެކެވެ.

ސަރުކާރުގެ އެ މަސައްކަތަށް ތާއީދު ނުކުރާ އެންވައިރޯކެޓެލިސްޓްސްގެ ބާނީ އަދި ލީޑް އެނެލިސްޓް ސުނީލް ދާހިޔާ ބުނީ "ވައި ތަޣައްޔަރުކުރާ އަސްލު މައްސަލައަށް ހައްލު ނުހޯދާ ހިނދު ކްލައުޑް ސީޑިން އިން ދިގު މުއްދަތަކަށް ތަޣައްޔަރުވުން ކޮންޓްރޯލެއް ނުކުރެވޭނެ" ކަމަށެވެ. އެ ޓެކްނޮލޮޖީ ބޭނުންކުރެވޭނީ ދީވާލީ ފަހު ދުވަސް ފަދަ ކުއްލިއަކަށް ތަޣައްޔަރުވުން ގޯސްވާ ވަގުތުތަކުގައި ކަމަށާއި، އެއީ ދާއިމީ ހައްލެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް