ބާޖެއް ގާތްކުރުމުގެ ތެރޭގައި އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ބަންދުކުރި ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކޮށް ނިންމައި، އާންމުންނަށް މިއަދު ހުޅުވައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ ޖެޓީގެ މަރާމާތުގެ މަސައްކަތް މިހާރު ފުރިހަމަވެފައިވާ ކަމަށެވެ. މި ޖެޓީ ވަގުތީ ގޮތުން ބަންދުކޮށްފައި ވަނީ 2026 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު، ބާޖެއް ކައިރިކުރުމުގެ ތެރޭގައި ޖެޓީގެ އޮނިގަނޑަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެންނެވެ. އެ ދުވަހު އެޗްޑީސީން ބުނެފައި ވަނީ ޖެޓީ ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.
ޖެޓީ ބަންދުކުރުމާ ގުޅިގެން އެ ސަރަހައްދުގެ އުޅަނދުފަހަރަށް ދަތިތައް ކުރިމަތިވާނެތީ، މަރާމާތުގެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން އޭރު ބުނެފައިވެއެވެ.
ހުޅުމާލޭ ލަކުޑި ޖެޓީ އަކީ ސަފާރީތަކުން އަންނަ ފަތުރުވެރިންނާއި ހުޅުމާލޭ ބަނދަރުން ފުރާ ދަތުރުވެރިން ގިނަ އަދަދަކަށް ބޭނުންކުރާ މުހިންމު ސަރަހައްދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް