ކުޅުދުއްފުށީގެ އާންމު ތަންތަނުން ފެންނަ މައްސަލަތައް ހައްލު ކުރަށް 'ސިޓީ ކުލުނު' ގެ ހިދުމަތް ފަށައިފި

05 Nov 2026 | 16:12
ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގެ ތެރެއިން -- ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގެ ތެރެއިން -- ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީގެ އާންމު ތަންތަނުން ފެންނަ މައްސަލަތައް ސިޓީ ކައުންސިލް އިދާރާއަށް ރިޕޯޓު ކުރެވޭނެ ގޮތް ހަދައިފި އެވެ.

'ސިޓީ ކުލުނު' ގެ ނަމުގައި ކުރިޔަށް ގެންދާ މި ހިދުމަތުގެ ދަށުން ރަށުތެރެއިން ފެންނަ މުނިސިޕަލް މައްސަލަތަކާއި އާންމު ޝަކުވާތައް ރިޕޯޓު ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. މި ހިދުމަތަށް އެ ސިޓީ ކައުންސިލުން ވަނީ ހާއްސަ ވައިބާ ނަމްބަރެއް ތައާރަފު ކޮށްފައި އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދޭގޮތުގައި 7221621 ނަމްބަރަށް ރަށު ތެރޭގައި ހުރި މައްސަލަތައް ފާހަގަކޮށް ފޮޓޯ ނުވަތަ ވީޑިއޯ ވައިބާ މެދުވެރިކޮށް ހުށަހެޅޭނެ އެވެ. މައްސަލަ ހުށަހަޅާއިރު ސާފު މަންޒަރާއި އެކު ހުށަހަޅާ މައްސަލައިގެ އިތުރުން ކަން ނުވަތަ މައްސަލަ ހިނގާފައިވާތަން ޖަހަން ވާނެ ކަމަށް ބުނެ އެވެ.

މި ހިދުމަތާއި ގުޅޭ އިތުރު މައުލޫމާތު އެ ކައުންސިލްގެ ހޮޓްލައިން ނަމްބަރު 1621 އިން ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް