މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ބާސިތު-ފޮޓޯ: ޕޮލިސް
ޅ.ކުރެންދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނުކަމުގެ ތުހުމަތުގައި ޓިކްޓޮކް ބާއްކޮ ބާސިތު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ.ނައިފަރު/ ނޭޒާ، އަބްދުލް ބާސިތު ހަސަންފުޅު (34އ) އެވެ.
ބާސިތު ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މަހު ހަތަރު ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
ކުރެންދޫ ފުލުހުން އަދި ކައުންޓަރ ނެކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ބާސިތު ބަލައި ފާސްކޮށް ހައްޔަރުކޮށްފައިވަނީ ބަނދަރު ސަރަހައްދުންނެވެ.
އެގޮތުން ފުލުހުން ބާސިތު ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފަވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި 7 ގުރާމް ހުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި ބާސިތުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 12 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް