ދެ ދުވަސް ތެރޭ 145 އުޅަނދު ޓޯ ކޮށްފީމު: ޕޮލިސް

މާލެ ސަރަހައްދުން އާއްމުންނަށް އުދަނގުވާހެން ޕާކް ކޮށްފައިވާ އުޅަނދުތަށް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، ދެ ދުވަސް ތެރޭ 145 އުޅަނދެއް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން...

06 Nov 2025 | 05:26
ޤަވައިދާ ޚިލާފަށް ޓޯ ކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަނީ - ފޮޓޯ: ޕޮލިސް

ޤަވައިދާ ޚިލާފަށް ޓޯ ކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަނީ - ފޮޓޯ: ޕޮލިސް

މާލެ ސަރަހައްދުން އާއްމުންނަށް އުދަނގުވާހެން ޕާކް ކޮށްފައިވާ އުޅަނދުތަށް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، ދެ ދުވަސް ތެރޭ 145 އުޅަނދެއް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ހާމަކޮށްފައިވާގޮތުން ޓޯ ކޮށްފައިވަނީ ދެފުރޮޅުލީ އުޅަނދުތަކެވެ. އެގޮތުން މިދިޔަ އަންގާރަ އަދި ބުދަ ދުވަހު 145 ދެ ފުރޮޅުލީ އުޅަނދެއް ޓޯ ކޮށްފައި ވެއެވެ.

ޓޯ ކުރި އުޅަނދުތަކުގެ ތެރޭގައި ބައެއް އުޅަނދު ތަކަކީ ކަފިހި ހުރަސް މަތީ އަދި އާއްމުންނަށް އުދަނގޫވާހެން ޕާކްކޮށްފައިވާ އުޅަނދު ތަކެވެ.

ތޮށް ޖެހިފައިވާ މާލޭގައި ޕާކް ކުރުމުގެ ދަތި ކަމަކީ ހައްލެއް ނުލިބި އޮތް ބޮޑު މައްސަލައެކެވެ. އޭގެ ސަބަބުން ދުއްވާ އެއްޗެއްސާއި ހިނގާ އުޅޭ މީހުންނަށް ތަކްލީފް ތަކާއި ކުރިިމަތި ލާން ޖެހެއެވެ.

މި ސަރުކާރުން އެކަމަށް ހައްލެއް ގެންނާނެ ކަމަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެއެވެ. މިކަން ހައްލު ކުރުމަށް މިހާރުވެސް ބައެއް މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް