އިންޑިއާގެ ރައްޔިތުންގެ މެދުގައި އެންމެ މަގްބޫލު ހަނީމޫން މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން ބަދަލުވެއްޖެ !

އިންޑިއާގެ ރައްޔިތުންގެ މެދުގައި އެންމެ މަގްބޫލު ހަނީމޫން މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ބަދަލުވެފައިވާކަމުގައި އިންޑިއާގެ އެންމެ ބޮޑު އެއް ޓްރެވަލް އޭޖ...

06 Nov 2024 | 18:03

އިންޑިއާގެ ރައްޔިތުންގެ މެދުގައި އެންމެ މަގްބޫލު ހަނީމޫން މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ބަދަލުވެފައިވާކަމުގައި އިންޑިއާގެ އެންމެ ބޮޑު އެއް ޓްރެވަލް އޭޖެންސީ އަދި އޮންލައިން ޓްރެވަލް ކޮމްޕެނީ މޭކް މައި ޓްރިޕް (އެމްއެމްޓީ) ގެ ތަފާސްހިސާބުން ދައްކައިފިއެވެ.

އެގޮތުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ތަފާސްހިސާބު އެމްއެމްޓީން ހާމަކޮށްފައިވާއިރު އިންޑިއާގެ ރައްޔިތުންގެ މެދުގައި ހަނީމޫނު މަންޒިލެއްގެ ގޮތުގައި ފާއިތުވި އެ މުއްދަތުގައި އެންމެ މަގްބޫލު މަންޒިލަކަށްވެފައިވަނީ ތައިލެންޑެވެ. ތައިލެންޑު ހިޔާރުކުރި އިންޑިއާގެ ފަތުރުވެރިންގެ އަދަދު އެ މުއްދަތުގައި 5.2 އިންސައްތަ އިތުރުވެފައިވާކަމަށް ދައްކާފައިވާއިރު އެ މުއްދަތަށް ބަލާއިރު ރާއްޖެ ހިޔާރު ކުރި މިންވަރު ވަނީ 16.2 އިންސައްތަ ދަށްވެފައެވެ.

މި ބަދަލު ހާމަވެފައިވާއިރު ފާއިތުވި އަހަރެއްހާ ދުވަހު ރާއްޖެއާއި އިންޑިއާގެ ދޭދޭ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، ރާއްޖެ ބޮއިކޮޓް ކުރުމުގެ ހަރަކާތެއް އިންޑިއާގައި ގަދަވެގެން ދިޔައެވެ. އެހެންނަމަވެސް ދިވެހި ސަރުކާރުން އިސްނަގައިގެން އެ ގުޅުން އަލުން އިއާދަކޮށް އިންޑިއާއާއި އޮތް ގުޅުން ބަދަހިކުރުމުގެ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އަދި ފެށި އެ މަސައްކަތްތަކުން ނަތީޖާ ނިކުންނަމުން އަންނަކަންވެސް އިންޑިއާގެ ފަތުރުވެރިން (ހާއްސަކޮށް ބޮލީވުޑް ތަރިން) ރާއްޖެއަށް ޒިޔާރަތްކުރަމުން އަންނަ ޓްރެންޑަށް ބަލާލުމުން ފާހަގަވެގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް