ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2024ގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2024ގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް ދިރާގުން އިނާމު ހަވާލުކޮށްފިއެވެ. ޑީ.އެމް.އާރް.އާރްގެ  21.1Kކެޓެގަރީގެ ޗެމްޕިއަންއަށް 25,000 ރުފިޔާގެ ފައިސާގެ އިނާމ...

06 Nov 2024 | 17:16

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2024ގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް ދިރާގުން އިނާމު ހަވާލުކޮށްފިއެވެ.

ޑީ.އެމް.އާރް.އާރްގެ  21.1Kކެޓެގަރީގެ ޗެމްޕިއަންއަށް 25,000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ހަދިޔާކޮށްފައިވާއިރު ރަނަރަޕްއަށް 15,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕްއަށް 10,000 ރުފިޔާގެ އިނާމު ވަނީ ދީފައެވެ. އަދި 10K،5K  އޯޕަން އަދި 5K  އޮފީސް/ރިސޯޓް ކެޓެގަރީތަކުގެ ޗެމްޕިއަނުންނަށް 10,000 ރުފިޔާ، ރަނަރަޕްއަށް 8,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕްއަށް 6,000 ރުފިޔާގެ ފައިސާގެ އިނާމުވެސް ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން 5K ސްކޫލް ކެޓެގަރީގެ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ވަނީ ހާއްސަ ގިފްޓް ވައުޗަރ ހަވާލުކޮށްފައެވެ. އެއީ ޗެމްޕިއަނުންނަށް 5,000 ރުފިޔާ، ރަނަރަޕްއަށް 3,000 ރުފިޔާ އަދި ސެކްންޑް ރަނަރަޕް އަށް 1,000 ރުފިޔާގެ ވައުޗަރުތަކެވެ.

މީގެ އިތުރުން މި ހާއްސަ ހަފްލާގައި ދިރާގުން ވަނީ 21.1K އަދި 10K ކެޓެގަރީތަކުން 45 އިން 50 އަހަރާއި، 51 އިން 55 އަހަރާއި، 56 އިން 60 އަހަރު އަދި 61 އިން 65 އަހަރުގެ އުމުރުފުރާތަކުން 1ވަނަ، 2ވަނަ އަދި 3ވަނައަށް ދިޔަ ފަރާތްތަކުގެ އަގުވަޒަންކޮށް ހާއްސަ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ސީ.އީ.އޯ އަދި  މެނޭޖިންގް ޑިރެކްޓަރ، އިސްމާއިލް ރަޝީދު ވަނީ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް މަރުހަބާ ދަންނަވައި ދުވުންތެރިން ހޯދި ކާމިޔާބީއަށް ތައުރީފް ކުރައްވާފައެވެ. އަދި މީގެ އިތުރުން ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގެ ދުވުންތެރިންގެ އިތުރުން ބައިނަލްއަގްވާމީ ދުވެންތެރިންވެސް އިންތިޒާރު ކުރާ އިވެންޓެއް ކަމަށް އުފަލާއެކު ފާހަގަކުރެއްވިއެވެ. އަދި މި ދުވުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ކުރިއަށް ގެންދާ މުހިންމު ހަރަކާތެއްކަމާއި އަދި މިކަމަށް ރޭހުގެ ހުރިހާ ބައިވެރިންގެ ފަރާތުންވެސް ލިބޭ އެއްބާރުލުމަށް ޝުކުރުއަދާކުރެއްވިއެވެ.

ދިރާގުން ވަނީ ރޭގެ ހަފްލާގައި ޖުމްލަ 680،850 ރުފިޔާ ރޯޑް ރޭހުގެ އެންޑޯސްޑް އެން.ޖީ.އޯތަކަށް ހަދިޔާކޮށްފައެވެ. އެގޮތުން ރޭހުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެން.ޖީ.އޯއަކަށް ޖުމްލަ 200،000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ވަނީ ހުށަހަޅާފައެވެ. އަދި ބައިވެރިންގެ ރަޖިސްޓްރޭޝަން ފައިސާގެ ބަޔަކާއި ރީތި ބިބް ނަމްބަރު ވިއްކައިގެން ލިބުނު ފައިސާވަނީ ވަނީ ރޯޑް ރޭހުގެ އެންޑޯސްޑް 12 އެން.ޖީ.އޯއަށް ހަވާލުކޮށްފައެވެ. މިގޮތުން ޓޮޕް 5 އެން.ޖީ.އޯތަކުގެ ތެރެއިން ކޮންމެ އެން.ޖީ.އޯއަކަށް 80،071 ރުފިޔާ އަދި ބާކީ 7 އެން.ޖީ.އޯތަކުގެ ތެރެއިން ކޮންމެ އެން.ޖީ.އޯއަކަށް 40،071 ރުފިޔާ ވަނީ ހަދިޔާކޮށްފައިވެއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ. އެގޮތުން މިއަހަރު މި ބޭއްވި މި ދުވުމުގެ 15 އެޑިޝަން ބާއްވާފައި ވަނީ 25 އޮކްޓޫބްރު 2024 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. 4،400 އަށް ވުރި ގިނަ ބައިވެރިން މި ދުވުމުގައި ރެޖިސްޓަރ ކުރިއިރު 41 ގައުމެއްގެ ދުވުންތެރިން ބައިވެރިވިއެވެ. އަދި 28 ސްކޫލެއްގެ ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އަތޮޅުތެރޭގެ 7 ސްކޫލެއްވެސް ހިމެނެއެވެ.

މި ހަފްލާގައި ދިރާގުން ވަނީ އަންނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 24 އޮކްޓޫބަރު 2025 ގައި ބާއްވާނެކަމަށްވެސް އިއުލާނުކޮށްފައެވެ.

ޑީ.އެމް.އާރް.އާރްއަކީ ވޯރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.

-----------------------------------------------------------------------------------------------------------------------------

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2024 ގައި އިނާމު ލިބުނު ފަރާތްތަކަކީ:

21.1K– ފިރިހެން

  • ސަންތޯޝް ބިކްރަމް ބިސްޓް – ޗެމްޕިއަން
  • ހުސައިން ފަޒީލް ހާރޫން – ރަނަރަޕް
  • ޔޫސުފް އިބްރާހިމް – ސެކަންޑް ރަނަރަޕް

21.1K – އަންހެން

  • ސަންތޯޝީ ޝްރެސްތާ – ޗެމްޕިއަން
  • ޝަމްހާ އަހްމަދު – ރަނަރަޕް
  • ނިޒްމީނާ އަހްމަދު – ސެކަންޑް ރަނަރަޕް

10K– ފިރިހެން

  • ހުސެއިން ރިޒާ – ޗެމްޕިއަން
  • މުހައްމަދު އިރުފާން – ރަނަރަޕް
  • އަބްދުﷲ ނާސިހު – ސެކަންޑް ރަނަރަޕް

10K – އަންހެން

  • އަނާން އަހުމަދު ރަޝީދު – ޗެމްޕިއަން
  • ރަސޯނާ އަހުމަދު ވަހީދު – ރަނަރަޕް
  • ޝަލްޝަލް މުބީން ޖަލީލް – ސެކަންޑް ރަނަރަޕް

5K އޯޕަން – ފިރިހެން

  • ސަންތޯޝް ބިކްރަމް ބިސްޓް – ޗެމްޕިއަން
  • ހުސައިން ފަޒީލް ހާރޫން – ރަނަރަޕް
  • ޔޫސުފް އިބްރާހިމް – ސެކަންޑް ރަނަރަޕް

5K އޯޕަން – އަންހެން

  • ސަންތޯޝީ ޝްރެސްތާ – ޗެމްޕިއަން
  • ޝަމްހާ އަހްމަދު – ރަނަރަޕް
  • އައިޝަތު ޖިނާނީ އިބްރާހިމް – ސެކަންޑް ރަނަރަޕް

5K ސްކޫލް 13 އަހަރުން މަތީގެ - ފިރިހެން

  • އައިދް އަބްދުﷲ ރިފާއު - ޗެމްޕިއަން
  • ސުހައިލް އަބްދުލް ސަމަދު – ރަނަރަޕް
  • މުހައްމަދު އަޔާން ޝަފީއު – ސެކަންޑް ރަނަރަޕް

5K ސްކޫލް 13 އަހަރުން މަތީގެ - އަންހެން

  • ޒީކް އަޝްރަފް – ޗެމްޕިއަން
  • ތަނާ އަލީ ޝާހިން – ރަނަރަޕް
  • އައިޝަތު ޒޯޔާ ހުސެއިން – ސެކަންޑް ރަނަރަޕް

5K ސްކޫލް 13 އަހަރުން ދަށުގެ - ފިރިހެން

  • އިސްމާއިލް މުލްހަމް އާޒިމް – ޗެމްޕިއަން
  • އިބްރާހިމް މަސްރޫރް އަހްމަދު – ރަނަރަޕް
  • ޔޫއާން ހުސެއިން އިޝާން – ސެކަންޑް ރަނަރަޕް

5K ސްކޫލް 13 އަހަރުން ދަށުގެ - އަންހެން

  • ކްލާރާ ސަރީނާ އާސިފް – ޗެމްޕިއަން
  • އައިޝަތު ޒޯޔާ އިބްރާހިމް ސިނާން – ރަނަރަޕް
  • އައިރާ މުހައްމަދު އަރްޝަދު – ސެކަންޑް ރަނަރަޕް

5K އޮފީސް/ރިސޯޓް – ޗެމްޕިއަން

  • އެމް.އެން.ޑީ.އެފް
  • އަބްދުﷲ އިބްރާހިމް
  • ޝިފާޒް މުހައްމަދު
  • އަބްދުﷲ ނާސިހް
  • އަބްދުﷲ އިސްމާއިލް

5K އޮފީސް/ރިސޯޓް – ރަނަރަޕް

  • އެމް.އެން.ޑީ.އެފް – ޑީ.އެސް.ސީ
  • ހަސަން އަފްރާޒް
  • ސަހާއު އީސާ
  • ހާޒިމް ހުސައިން ޝަރީފް
  • އިބްރާހިމް ޝާޒިމް

5K އޮފީސް/ރިސޯޓް – ރަނަރަޕް

  • ކޮންރެޑް މޯލްޑިވްސް ( ރަންގަލި ރަނަރސް ޓީ-1)
  • ހަސަން ފަޔާޒް މޫސާ
  • އަބްދުﷲ އަޒީމް
  • އަބްދުލް ރަޝީދު ހުސެއިން
  • ހުސެއިން ޝަފީގް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް