ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަން ކަމަށް އަހްމަދު ނާސިފް އައްޔަންކޮށްފިއެވެ.
އަހްމަދު ނާސިފް މިއަދު އެ މަގާމަށް އައްޔަންކޮށްފައިވާކަން އެޗްޑީސީން ހާމަކޮށް ނާސިފަށް އެޗްޑީސީއިން މަރުހަބާ ދަންނަވާފައިވެއެވެ.
2018 ވަނަ އަހަރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކުރެއްވި ނާސިފް ކުރިން ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ޗެއާމަންގެ މަގާމުގައެވެ. އެ މަގާމަށް ނާސިފް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
ނާސިފް އަކީ ރައީސް ޔާމީންގެ ވެރިކަމުގައި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް އާއި މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް