އެމެރިކާގެ އިންތިހާބު ކާމިޔާބުކުރެއްވި ޑޮނާލްޑް ޓްރަމްޕަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުހަބާ ދަންނަވައިފިއެވެ.
ރައީސް މުއިއްޒަށް މަރުހަބާ ދެންނެވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މަސްލަހަތު އެކުލެވޭ ކަންކަމުގައި އަދި ދުނިޔޭގެ ސުލްހަމަސަލަސްކަމަށް ގުޅިގެން މަސައްކަތް ކުރުމުގައި ރާއްޖެއިން ދެމި އޮންނާނެ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމުގައި ގަބޫލުފުޅުކުރައްވާކަމުގައިވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.
ޑިމޮކްރެޓްގެ ކެނޑިޑެޓް އަދި މިހާރުގެ ނައިބުރައީސް ކަމަލާ ހެރިސް އާއި ވާދަކުރައްވައި ރިޕަބްލިކަންގެ ކެނޑިޑޭޓް ޑޮނާލްޑް ޓްރަމްޕަށް 51 އިންސައްތަ އިލެކްޓޯރަލް ވޯޓް ވަނީ ކާމިޔާބުކުރައްވާފައެވެ.
މިހާރުގެ ނަތީޖާއަށް ބަލައިލާއިރު ރިޕަބްލިކަން އިން ވަނީ 279 ގޮނޑި ކާމިޔާބުކޮށްފައެވެ. ޑިމޮކްރެޓަށް ލިބިފައިވަނީ 219 ގޮނޑިއެވެ. ކާމިޔާބުކުރަން ބޭނުންވާ އަދަދަކީ 270އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް