ރައީސް ޔާމީން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ. ރާއްޖެ ޓީވީން މިއަދު އެ ޕްރޮގްރާމްގެ ޓީޒާއެއްގައި ދައްކާފައިވަނީ ރައީސް ޔާމީ...

06 Nov 2024 | 10:26

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ރާއްޖެ ޓީވީން މިއަދު އެ ޕްރޮގްރާމްގެ ޓީޒާއެއްގައި ދައްކާފައިވަނީ ރައީސް ޔާމީން އެ ޓީވީއަށް ޒިޔާރަތްކުރައްވައި އެ ޕްރޮގްރާމްގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި މަންޒަރެވެ. އެއަށްފަހު އެ ޓީވީއިން ބުނެފައިވަނީ "ކަމިންގ ސޫން" ކަމަށެވެ.

ބަދަލުވަމުން އަންނަ ސިޔާސީ އޮއިވަރުގައި ރައީސް ޔާމީން ރާއްޖެ ޓީވީއަށް ވަޑައިގެންނެވުމަކީ އަދި އެ ޓީވީގެ ޕްރައިމް ޕްރޮގްރާމެއްގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންވުމަކީ ވަރަށް ތަފާތު ކަމަކަށް ވެގެންދާނެއެވެ. އަދި ރައީސް ޔާމީންގެ އެ އިންޓަވިއުއަށް ގިނަ ބަޔަކު އިންތިޒާރުކުރަމުންދާނެކަމުގައިވެސް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް