ކުރީ ސަރުކާރުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާ ފައިސާއާއި ހަރު މުދަލުގެ އޮޑިޓެއް ހެދުމަށް އޮޑިޓަރ ޖެރެލަލްގެ އޮފީހަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމައިފިއެވެ.
ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 17 ނޮވެމްބަރު 2018 އިން 17 ނޮވެމްބަރު 2023 ދީފައިވާ ފައިސާއާއި ހަރުމުދަލުގެ މައްސަލަ ދިރާސާކުރުން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާކުރެވިގެންދިޔައެވެ.
އެ ކޮމިޓީގެ މެންބަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވީ އެ މައްސަލަ ދިރާސާކުރާއިރު އެތައް ބައިވަރު ކަރުދާހެއް ހުށަހެޅިފައިވާއިރު އޮޑިޓެއް ހަދާލައިގެން މަޖިލީހުގެ އެ ކޮމިޓީއަށް ގެނައުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ދަންނަވަން ފެންނަކަމަށެވެ. ޝުޖާއުގެ އެ ހުށަހެޅުން ކުރިއަށްގެންދަން އެ ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ނިންމެވީ ޝުޖާއުގެ އެ ހުށަހެޅުމަށް އެއްވެސް މެންބަރަކު އިއުތިރާޒެއްކޮށްފައިނުވާތީއެވެ.
އެމްޑީޕީގެ ސަރުކާރުން ބަދަލުގެ ގޮތުގައި ދައުލަތުން ދިން 2.4 ބިލިއަން ރުފިޔާގެ ތަފްސީލު ހޯދަން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ މި އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް