އުރީދޫ އަތޮޅު ދުވުމުގެ ނޮވެމްބަރ މަހުގެ އެއްވަނައަށް އެލް މޮބައިލް އިން މޮގޫ ބޯލްޓް 700ސީ ހައިބްރިޑް ރޯޑް ބައިކެއް

ނޮވެމްބަރ މަހު އުރީދޫ އަތޮޅު ދުވުން ކުޅެގެން އެއްވަނައަށް ދާ ފަރާތަކަށް އެލް މޮބައިލް އިން މޮގޫ ބޯލްޓް 700ސީ ހައިބްރިޑް ރޯޑް ބައިސްކަލެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އުރީދޫއިން ބުނެފިއެވެ. އުރީދޫއިނ...

06 Nov 2024 | 09:57

ނޮވެމްބަރ މަހު އުރީދޫ އަތޮޅު ދުވުން ކުޅެގެން އެއްވަނައަށް ދާ ފަރާތަކަށް އެލް މޮބައިލް އިން މޮގޫ ބޯލްޓް 700ސީ ހައިބްރިޑް ރޯޑް ބައިސްކަލެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އުރީދޫއިން ބުނެފިއެވެ.

އުރީދޫއިން ބުނެފައިވަނީ މި މަހުގެ ޕާޓްނަރ އެލް މޮބައިލްގެ ފަރާތުން ހުށައަޅާފައިވާ މި ބައިސްކަލަކީ އަގުހުރި ހަދިޔާއަކަށް ވެގެން ދާނެކަން ޔަގީނެވެ.

އަތޮޅު ދުވުން މި ގޭމަކީ އުރީދޫ މޯލްޑިވްސްގެ 2024ގެ ކަލަންޑަރާއެކު ތައާރަފު ކުރެވުނު ގޭމެކެވެ. މިއީ ރާއްޖޭގައި އުފައްދާފައިވާ ފުރަތަމަ ކެސުއަލް ރަނަރ ގޭމެވެ. ކޮންމެ މަހަކު ކުޅެގެން ލީޑަރބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް އަގުހުރި އިނާމުތައް ލިބިގެންދެއެވެ. ނޮވެމްބަރ މަހު މިގޭމުގައި ފެނިގެންދާނީ ޏ. ފުވައްމުލަކެވެ.

މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމއެކަނި އެމަހަކުއެވެ. ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާނެއެވެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއަހަރުގެ ކަލަންޑަރ އަދި ގޭމް ތައްޔާރުކުރައްވާފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓިމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް