ވަޒީރު މާރިޔާގެ ބައްޕާފުޅު އަވަހާރަވެއްޖެ  - އާއިލާއަށް ރައީސްގެ ތައުޒިޔާ

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާގެ ބައްޕާފުޅު، މުހައްމަދު ޔޫސުފް (ކުވާ މޮހޮދޭ) އަވަހާރަވެއްޖެއެވެ. މުހައްމަދު ޔޫސުފްގެ އާއިލާއަށް...

06 Nov 2024 | 07:43

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާގެ ބައްޕާފުޅު، މުހައްމަދު ޔޫސުފް (ކުވާ މޮހޮދޭ) އަވަހާރަވެއްޖެއެވެ.

މުހައްމަދު ޔޫސުފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.

އަވަހާރަވިއިރު ޔޫސުފް މުހައްމަދުގެ އުމުރުފުޅަކީ 75 އަހަރެވެ.

ރައީސްގެ ތައުޒިޔާ މެސެޖުގައި ވިދާޅުވެފައިވަނީ ވަޒީރު ޑޮކްޓަރ މަރްޔަމް މާރިޔާގެ ލޮބުވެތި ބައްޕާފުޅު މުޙައްމަދު ޔޫސުފް އަވަހާރަވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއިއެކުގައި ކަމަށެވެ.

"މަރްޙޫމް މުޙައްމަދު ޔޫސުފް (ކުވާ މޮހޮދޭ) އަކީ، ވިޔަފާރީގެ ދާއިރާއިން ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ، ދަރުމަވެރި އެތައް އެހީތަކެއް ވަކިވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ފޯރުކޮށްދެއްވާފައިވާ އިޙްސާންތެރިއެއް، ގިނަ ބަޔަކު ދަންނަ ރަޙްމަތްތެރި ސާދާ މިޒާޖެއްގެ ވެރިއެއް، ޚިދުމަތްތެރި ދަރީންތަކެއްގެ ބައްޕައެއް" ރައީސްގެ ތައުޒިޔާ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މަރްޙޫމް މުޙައްމަދު ޔޫސުފްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ދީލަތިވަންތަ ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ލެހެއްޓެވުން އެދި ކުރާ ދުޢާތައް ރައީސްގެ ތައުޒިޔާގެ މެސެޖުގައި ތަކުރާރުކުރައްވާފައިވެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ޔޫސުފް މުހައްމަދުގެ ދަރިކަލުން ޔޫސުފް މާނިއު މުހައްމަދު (ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް) ވިދާޅުވީ ބައްޕާފުޅުގެ ކަށުކަމާކެމީގެ ކަންކަން އަދި ޖަނާޒާ އޮންނާނީ މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް