"ކޫލް ސްކޫލް" ޕްރޮޖެކްޓަށް ޗައިނާ އިން އޭސީތަކެއް ހަދިޔާކޮށްފި

ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓް "ކޫލް ސްކޫލް" އަށް ޗައިނާ އިން މިއަދު އޭސީތަކެއް ހަދިޔާކޮށްފި އެވެ. މާލެ ސީއެޗްއެސްއީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި ދި...

06 Nov 2024 | 04:04

ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓް "ކޫލް ސްކޫލް" އަށް ޗައިނާ އިން މިއަދު އޭސީތަކެއް ހަދިޔާކޮށްފި އެވެ.

މާލެ ސީއެޗްއެސްއީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި ދިވެހި ސަރުކާރާ ހަވާލު ކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިން އެވެ. ދިވެހި ސަރުކާރުގެ ފަރާތުން އޭސީތަކާ ހަވާލުވެވަައިގަތީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ އޭސީތައް ހަރުކުރުމަށް ނިންމާފައި ވަނީ ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގައި ކަމަށެވެ. އެއާ އެކު، ކިޔެވުމަށް ފަސޭހަ މާހައުލެއް ފަހިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން ނިންމައި "ކޫލް ސްކޫލް" ނަމުގައި ޕްރޮޖެކްޓެއް އިފްތިތާހު ކުރީ މި އަހަރުގެ ޖޫން މަހު މާފުށީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ދުވަހު މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ފެށި އެ ޕްރޮޖެކްޓުގެ މަގުސަދަކީ ފިނިކުރުމަކުން ނިންމާލާނެ ކަމެއް ނޫން ކަމަށެވެ.

އަދި ސްކޫލްތައް އޭސީކުރުމުން މިހާރު ދައުލަތުން ކުރާ ހަރަދަށްް އިތުރު ވަނީ 38 ޕަސެންޓު ކަމަށާއި އެ ޕްރޮޖެކްޓްގެ 30 ޕަސެންޓު ގެންދާނީ އިޔާދަކުރަނިވި ހަކަތައިން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާ އެކު، ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް ކުޑަ ހަރަދެއްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް