ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަދުވަހުގެ ރޭ ޖަރުމަނުގެ ބަޔާ ލެވަކޫސަން އަތުން ލިވަޕޫލް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިވަޕޫލު މޮޅުވީ0-4 ހެ ނަތީޖާއިންނެވެ.
މި މެޗުގައި ލިވަޕޫލުން ޖެހި ހަތަރު ލަނޑުވެސް ކާމިޔާބުކޮށްފައި ވަނީ މެޗުގެ ފަހު ހާފުގައެވެ.
އެގޮތުން އެޓީމުގެ ހަތަރު ލަނޑުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް ލުއިސް ޑިއާޒް ވަނީ މި މެޗުގައި ހެޓްރިކެއް ފުރިހަމަ ކޮށްފަ އެވެ. ލިވަޕޫލްގެ އަނެއް ގޯލު ކާމިޔާބު ކުރީ ކޯޑީ ގަކްޕޯ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެ ޓީމަށްވެސް ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މި ފުރުސަތުތައް އެއްވެސް ޓީމަކަށް ނުހިފުނެވެ. ފުރަތަމަ ހާފު ނިންމާލީ0-0 ގެ ނަތީޖާއެއްގައެވެ.
މެޗުގެ ފަހު ހާފުގައި ރަނގަޅަށް ކުޅެފައިވަނީ ލިވަޕޫލުންނެވެ. އެގޮތުން ލިވަޕޫލުން މެޗުގެ ލީޑު ނެގީ މެޗުގެ61 ވަނަ މިނެޓުގައި ކޯޓިސް ޖޯން ތަނަވަސްކޮށްދިން ފުރުސަތެއްގައި ލުއިސް ޑިއާޒްއެވެ. އޭގެ ތިން މިނެޓުފަހުން ގަކަޕޯ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދިން އިރު، ލިވަޕޫލުގެ އަނެއް ދެ ލަނޑުވެސް ޖަހައިދިނީ ލުއިސް ޑިއާޒް އެވެ.
ރޭގެ މެޗުގައި ޖެހި ތިން ލަނޑާއި އެކު ޑިއާޒް މި ސީޒަނުގައި ލިވަޕޫލަށް ޖަހައިދިން ގޯލުގެ އަދަދު ވަނީ9ި އަށް އަރާފައެވެ.
ރޭގެ މި މިމޮޅާއި އެކު ލީގު ސްޓޭގުގެ އެއްވަނާގައި ހަތަރު މެޗުން ލިބުނު12 ޕޮއިންޓާއި އެކު އޮތީ އެންމެ ކުރީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް