ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މިއަދުގެ ސަރުކާރުން މިކުރަމުންދާ މަސައްކަތަކީ ކަމަކީ، ދިވެހިންނަށް ގެއްލިފައިހުރި ފައިސާއާއި، ދިވެހިންގެ މުދަލާއި ބައިތުލްމާލުން ކުރެވުނު ވައްކަންތައް ރިކަވަރީ ކުރުމަށްޓަކައި އެކިއެކި ގާނޫނުތަކަށް ގެނެވޭ ބަދަލުތަކެއް ގެނައުން ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު (އިއްބެ ޖަނާބު) ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މަގާމުތަކުގައި ތިބެ ހޯދާފައިވާ ނުޙައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުން ފަސޭހަވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް މަޖިލީހަށް ހުށަހެޅިފައިވާ ބިލަށް ބަހުސް ކުރައްވަމުން، އިއްބެ ވިދާޅުވީ މީގެ ކުރިންވެސް އެކިއެކި މިނިވަން މުއައްސަސާ ތަކުގެ ބޭފުޅުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިގެންދިޔަ ތަން މީގެ ކުރިން ފެނިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަން ނުބެލޭ ކަމަށެވެ.
އިއްބެ ވިދާޅުވީ މިނިދިަޔަ ސަރުކާރުގެ ދައުރު ނިމި، މިހާރު މިއޮތީ ދިވެހިންގެ ރާއްޖެއަށް އާދެވިފައިކަމަށާއި އަދުގެ ސަރުކާރުން މިކުރަމުންދާ ކަމަކީ، ދިވެހިންނަށް ގެއްލިފައިހުރި ފައިސާއާއި، ދިވެހިންގެ މުދަލާއި ބައިތުލްމާލުން ކުރެވުނު ވައްކަންތައް ރިކަވަރީ ކުރުމަށްޓަކައި އެކިއެކި ގާނޫނުތަކަށް ގެނެވޭ ބަދަލުތަކެއް ގެނައުންކަމަށެވެ.
"އެ ދައުރު ނިމި، މިހާރު މިއޮތީ ދިވެހިންގެ ރާއްޖެއަށް އާދެވިފައި. އަދުގެ ސަރުކާރުން މިކުރަމުންދާ ކަމަކީ، ދިވެހިންނަށް ގެއްލިފައިހުރި ފައިސާއާއި، ދިވެހިންގެ މުދަލާއި ބައިތުލްމާލުން ކުރެވުނު ވައްކަންތައް ރިކަވަރީ ކުރުމަށްޓަކައި އެކިއެކި ގާނޫނުތަކަށް ގެނެވޭ ބަދަލުތަކެއް މި ގެނެވެނީ." އިއްބެ ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ މިއީ، ފާއިތުވި 400 އަހަރު ދިވެހިން އެދެމުން އައި ކަމެއްކަމަށާއި މުހައްމަދު ފަރީދުގެ ޒަމާނުން ފެށިގެން، މިއަދާއި ހަމައަށް، ބައިތުލް މާލަށް އަތް ބާނައި، ބައިތުލްމާލުން އެކިއެކި ވެރިކަން ނިމިގެން ދިޔައިރުގައި ވައްކަން ކުރި ކަމުގެ ތުހުމަތު އޮތީ ކުރެވިފައިކަމަށެވެ.
މިއާއެކު އިއްބެ ވިދާޅުވީ، ރައްޔިތުންގެ މުދަލުން ވައްކަން ކުރާ މީހުންނަކީ ދައުލަތުގެ ދުޝްމަނުން ކަމަށާއި އަދި ރައްޔިތުންގެވެސް ދުޝްމަނުން ކަމަށެވެ. އަދި ހުރިހާ ”ޕާޓީތަކެއްގައިވެސް ތިބޭ ވަގުންނަކީ އެއްބަޔަކު އަނެއް ބަޔަކާ ގުޅި ލާމެހިފައިވާ“ ބައެއްކަމަށް އިއްބެ ވިދާޅުވިއެވެ.
އަދި ވެރިކަންތައް ބަދަލުވި ނަމަވެސް ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުމާއި ވައްކަން ކުރުމުގެ ރޫހަކީ އާދަޔާ ޚިލާފަށް ގަދަޔަށް އޮންނަ އެއްޗެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް