ޕާކިސްތާނުގައި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަށް ކަށަވަރު ކުރުމަށް އދ އިން ގޮވާލައިފި

ޕާކިސްތާނުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އެ ގައުމުން ބޭރުކުރުމަށް އެ ގައުމުން ފަށާފައިވާ ކެމްޕޭނުގައި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުމަށް އދ އިން ގޮވާލައިފިއެވެ. މިކަމަށް ގޮ...

06 Nov 2023 | 18:42

ޕާކިސްތާނުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އެ ގައުމުން ބޭރުކުރުމަށް އެ ގައުމުން ފަށާފައިވާ ކެމްޕޭނުގައި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުމަށް އދ އިން ގޮވާލައިފިއެވެ.

މިކަމަށް ގޮވާލާފައިވަނީ އދ ގެ ތިން ޖަމިއްޔާ ކަމުގައިވާ ޔޫއެންއެޗްސީއާރު (ރެފިއުޖީންގެ ހައްގަށް ވަކާލާތުކުރާ އދ ގެ ޖަމިއްޔާ)، އައިއޯއެމް (ހިޖުރަވެރިންގެ ހައްގަށް ވަކާލާތުކުރާ އދ ގެ ޖަމިއްޔާ) އަދި ޔުނިސެފް (ކުޑަކުދިންގެ ހައްގަށް ވަކާލާތުކުރާ އދ ގެ ޖަމިއްޔާ) އިންނެވެ.

މި ތިން ޖަމިއްޔާއިން ޕާކިސްތާނުގައި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ގޮވާލާފައިމިވަނީ ޕާކިސްތާނުގައި ތިބި ރެފިއުޖީން ހިމެނޭހެން ގަވާއިދާ ހިލާފަށް ޕާކިސްތާނުގައި ދިރިއުޅޭ ބިދޭސީން ހޯދައި ޕާކިސްތާނުން ބޭރުކުރުމަށް އެ ގައުމުން ޕްރޮގްރާމެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ޕާކިސްތާނުން މިފަދަ ޕްރޮގްރާމެއް ފަށާފައިވާއިރު އަފްޣާނިސްތާނަށް ނިސްބަތްވާ 1.3 މިލިޔަން ރެފިއުޖީން ޕާކިސްތާނުގައި އެބަ ތިއްބެވެ. ޕާކިސްތާނުން ފެށި މި ޕްރޮގްރާމާއެކު އެ ރެފިއުޖީންނަށް ބިރުވެރިކަމާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. އެ ފަރާތްތަކުން ޕާކިސްތާނަށް ހިޖުރަކޮށްފައިވަނީ އަފްޣާނިސްތާނުގައި ތާލިބާނުން އެކުލަވާލި ސަރުކާރަށްފަހު ތާލިބާނުންގެ ކިބައިން ސަލާމަތްވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް