ބޫޓާނުގެ ދެމެހެއްޓެނިވި ތަރައްގީއަށް އިންޑިއާއިން އެހީވާނެ: ޖައި ޝަންކަރު

ބޫޓާނުން ގެންގުޅޭ އެ ގައުމުގެ ދެމެހެއްޓެނިވި ތަރައްގީއަށް އިންޑިއާއިން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭނެކަމުގައި އިންޑިގާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައި ޝަންކަރު ވިދާޅުވެއްޖެއެވެ. ޖައި...

06 Nov 2023 | 17:42

ބޫޓާނުން ގެންގުޅޭ އެ ގައުމުގެ ދެމެހެއްޓެނިވި ތަރައްގީއަށް އިންޑިއާއިން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭނެކަމުގައި އިންޑިގާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައި ޝަންކަރު ވިދާޅުވެއްޖެއެވެ.

ޖައި ޝަންކަރު މިހެން ވިދާޅުވީ މިހާރު އިންޑިއާއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ބޫޓާނުގެ ރަސްގެފާނު ޖިގްމޭ ޚޭސަރ ނަމްގްޔޭލް ވަންގޗުކްއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގައެވެ.

ރަސްމީ ދަތުރުފުޅެއްގައި ބޫޓާނުގެ ރަސްގެފާނު އިންޑިއާއަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ. ބޫޓާނުގެ ރަސްގެފާނުގެ މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފައިވެއެވެ. މި ދަތުރުފުޅުގައި އޭނާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުކުރައްވާނެ ކަމުގައިވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް