ދިވެހިރާއްޖޭގައި ފަސޭހަ، އަވަސް އަދި ރައްކާތެރި ޕޭމަންޓް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިއަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވޮލެޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ޤާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) ފަވަރަ ގައި އަލަށް ބައިވެރިވާ ދެ ބޭންކަކާއިއެކު "ޕާޓިސިޕޭޝަން އެގްރީމަންޓް" ގައި މިއަދު ސޮއިކޮށްފިއެވެ.
އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ދެ ބޭންކަކީ ބޭންކް އޮފް ސޮލޯން އަދި މޮރިޝަސް ކޮމާޝަލް ބޭންކު ކަމުގައި އެމްއެމްއޭއިން ބުނެއެވެ.
އެމްއެމްއޭއިން މައުލޫމާތުދެއްވާގޮތުގައި މި އެގްރީމެންޓަކީ މި ސިސްޓަމްގައި ބައިވެރިވުމުގެ ސަބަބުން ލިބިދޭ ހަޤުތަކާއި އުފުލަންޖެހޭ އިލްތިޒާމްތަކަށް އެއްބަސްވެ، ބައިވެރިވާ ބޭންކްތަކާއި ސިސްޓަމްގެ އޮޕަރޭޓަރު ކަމަށްވާ އެމްއެމްއޭ އާއި ދެމެދު ސޮއި ކުރެވުނު އެގްރީމެންޓެކެވެ. އެގޮތުން "ޕާޓިސިޕޭޝަން އެގްރީމަންޓް" ގައި މިއަދު ސޮއިކުރި ބޭންކުތަކާއެކު އެމްއެމްއޭއިން ޔޫސާ އެކްސެޕްޓަންސް ޓެސްޓިންގ ގެ މަސައްކަތް މިހާރު ނިންމާފައިވާއިރު 08 ނޮވެމްބަރު 2023 އިން ފެށިގެން ޕައިލަޓް ޓެސްޓިންގގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ.
އަދި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އައިޕީއެސްގެ ޕައިލަށޓް ޓެސްޓިންގ ނިންމާ، މި ބޭންކުތަކުން ފަވަރަ އާއި ގުޅުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
މިއާއެކު ފަވަރައިގާ ބައިވެރިވާ ބޭންކުގެ އަދަދު މިވަނީ ފަހަކަށް އަރާފައެވެ. މީގެ ކުރިން މި ސިސްޓަމާއި ގުޅިފައިވާ ބޭންކުތަކަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް