ކުރިމަތިލުންތަކުގައި މަރާލި އިސްރާއީލް ސިފައިންގެ އަދަދު 30 އަށް

ޢައްޒާއަށް ވަދެގަތުމަށް އިސްރާއީލްގެ ފައުޖުތަކުން ކުރަމުން އަންނަ މަސައްކަތުގައި ހަމާސް އަދި ގުޅިފައިވާ މުޖާހިދުންގެ ހަމަލާތަކުން މަރާލި އިސްރާއީލް ސިފައިންގެ އަދަދު 30 އަށް އަރައިފިއެވެ. ސިފައިންގެ 3...

06 Nov 2023 | 07:21

ޢައްޒާއަށް ވަދެގަތުމަށް އިސްރާއީލްގެ ފައުޖުތަކުން ކުރަމުން އަންނަ މަސައްކަތުގައި ހަމާސް އަދި ގުޅިފައިވާ މުޖާހިދުންގެ ހަމަލާތަކުން މަރާލި އިސްރާއީލް ސިފައިންގެ އަދަދު 30 އަށް އަރައިފިއެވެ.

ސިފައިންގެ 30 ވަނަ މީހަކު މަރުވެފައިވާކަން އިސްރާއީލުން މިއަދު މީޑިއާއަށް ކަށަވަރުކޮށްދީފައިވެއެވެ.

އެގޮތުން ރޭގެ ހަމަލާ ބަދަލުކުރުންތަކެއްގައި މަރވެފައިވަނީ އުމުރުން 22 އަހަރުގެ މިވްޓަކް ކިޔާ މީހެއް ކަމަށް ބުނެފައިވެއެވެ.

މަރާލާފައިވާ އިސްރާއީލް ސިފައިންގެ އަދަދު 30އަށް އަރާފައިވާއިރު އިސްރާއީލުން މިއަދުވެސް ބުނެފައިވަނީ ހަމަލާތައް ހުއްޓާނުލާނެ ކަމަށާއި ހަނގުރާމަ ނިންމާނީ ހަމާސް ޖަމާއަތް ޣައްޒާއިން ނެތިކޮށްލާ ޣައްޒާގައި އިސްރާއީލުން ބޭނުންވާ ވެރިކަމެއް ގާއިމުކޮށްފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް