ކުޅުދުއްފުށިން ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ

ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ އަދިވެސް ފެނިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ލަންދޫގެ، އުމުރުން 39 އަހަރުގެ އަބްދުﷲ އިބްރާހިމެވެ. އޭނާ ހޯދަމުނ...

06 Nov 2023 | 07:09

ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ އަދިވެސް ފެނިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ލަންދޫގެ، އުމުރުން 39 އަހަރުގެ އަބްދުﷲ އިބްރާހިމެވެ. އޭނާ ހޯދަމުން އަންނަކަން ފުލުހުން ހާމަކުރީ މިދިޔަ ހުކުރުދުވަހުގެ ވަގުތެއްގައެވެ.

އާއިލާއާއި ހަވާލާދީ ފުލުހުން ބުނެފައިވާގޮތުގައި އަބްދުﷲ އިބްރާހިމް އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ކުޅުދުއްފުށިންނެވެ.

އަބްދުﷲ އިބްރާހިމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791382 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް