އުތުރުގެ ރަށެއްގައި 17 އަހަރު ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ބިދޭސީއަކު ހައްޔަރުކޮށްފި

އުމުރުން17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ. މިހާދިސާ ހިނގާފައިވަނީ ހއ. ހދ އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ރަށެއްގައި އެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ ރޭ9...

06 Nov 2022 | 18:20

އުމުރުން17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިހާދިސާ ހިނގާފައިވަނީ ހއ. ހދ އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ރަށެއްގައި އެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ ރޭ9:43 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގަ ހައްޔަރުކޮށްފައިވަނީ28 އަހަރުގެ މީހެއް ކަމަށެވެ. އެއީ ބިދޭސީ ފިރިހެނެއް ކަމަށް ވިދާޅުވި އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެމީހާ ޖިންސީ ގޯނާ ކުރީ ފިރިހެން ކުއްޖަކަށެވެ. ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގުޅޭ މައްސަލައަކަށްވާތީ އިތުރު ތަފްސީލް ހާމަ ނުކުރާނެ ކަމަށެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް