އަރަބިއްޔާ ސްކޫލްގެ ހިންގުން އިސްކަންދަރު ޕްރިންސިޕަލާއި ހަވާލުކޮށްފި

އަރަބިއްޔާ ސްކޫލްގެ ހިންގުން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހަސަން ސައީދާއި ހަވާލުކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ އެ ސްކޫލްގެ ހިންގުމާއި އިސްކަންދަރު ޕްރިންސިޕަލް ހަވާލުވެވަޑައިގެ...

06 Nov 2022 | 16:31

އަރަބިއްޔާ ސްކޫލްގެ ހިންގުން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހަސަން ސައީދާއި ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ އެ ސްކޫލްގެ ހިންގުމާއި އިސްކަންދަރު ޕްރިންސިޕަލް ހަވާލުވެވަޑައިގެންނަވާނީ މާދަމާއިން ފެށިގެން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ބަދަލަކީ ޢަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށް އިދާރީ ގޮތުން ގެނެވުނު ބަދަލެއް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ މި މިނިސްޓްރީއިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

އެ ސްކޫލަށް އާ ޕްރިންސިޕަލަކު އައްޔަން ކޮށްފައި މިވަނީ މިހާތަނަށް އެ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝުޖާއު އަބްދުލްރަހީމް އެ މަގާމުން ވަކިކޮށް، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކުރުމަށް ފަހު އެވެ.

އަރަބިއްޔާގެ ބެލެނިވެރިން ގުޅިގެން އުފައްދާފައިވާ "ސޭވް އަރަބިއްޔާ" އިން ކުރި ޓްވީޓެއްގައި ބުނީ ޝުޖާއު މަގާމުން ވަކިކުރީ ބެލެނިވެރިން ކުރިއަށް ގެންދާ "ސޭވް އަރަބިއްޔާ" ކެމްޕެއިން ހުއްޓުވުމަށް އޭނާ މަސައްކަތް ނުކުރައްވާތީ ކަމަށެވެ. އަދި އެ މައްސަލާގައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުންނެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް