އެމްޑީޕީގެ އިންތިހާބުތަކަށް ފުލުހުން ފޮނުވިން، އެ ފުލުހުން ފޮނުވީ ވޯޓު ގުނައިދޭން: ރައީސް ޔާމީން

ރައީސް ޔާމީންގެ ދައުރުގައި އެމްޑީޕީން ކުރިއަށްގެންދިޔަ ޕާޓީގެ އިންތިހާބުތަކަށް ފުލުހުން ފޮނުވީ އެމްޑީޕީއަށް ވޯޓު ގުނައިދޭން ކަމުގައި ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ އައްޑ...

06 Nov 2022 | 14:42

ރައީސް ޔާމީންގެ ދައުރުގައި އެމްޑީޕީން ކުރިއަށްގެންދިޔަ ޕާޓީގެ އިންތިހާބުތަކަށް ފުލުހުން ފޮނުވީ އެމްޑީޕީއަށް ވޯޓު ގުނައިދޭން ކަމުގައި ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އައްޑޫ ސިޓި ފޭދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އިއްޔެ ޕީޕީއެމް އިން ބޭއްވި އިންތިހާބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހެޔޮފުޅުކަމުން ބޭއްވުނު އިންތިހާބެއް ނޫންކަމަށެވެ.

"އިބްރާހިމް މުހައްމަދު ސޯލިހް އެތަނަށް ފުލުހުން ފޮނުވައިގެން ކުރައްވާނީ ކީއްތޯ؟ އެތާކު ހަމަނުޖެހުމެއް އޮވެގެން ނޫޅޭ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އިއްޔެ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިއްޔެ ވިދާޅުވި ބަސްފުޅުތަކަށް ރައްދު ދެއްވަމުންނެވެ.

ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބަށް މަރުހަބާ ދަންނަވަމުން ފައްޔާޒް ވިދާޅުވީ ސިޔާސީ އެފަދަ ހަރަކާތްތައް މިއަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުލުހުން ފޮނުވައިގެން ނުހުއްޓވާކަމީ މިހާރު އޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއް ކަމަށެވެ.

"މީގެ ފަސް އަހަރު ކުރިން މަންޒަރު ކިތަންމެހޭވެސް ތަފާތު، ވޯޓުފޮށި ބަލާ އޭރު އައީ ފުލުހުން" ފައްޔާޒް ވިދާޅުވިއެވެ.

އެކަމަށް އިއުތިރާފުވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ ފުލުހުން ފޮނުވިންކަމަށާއި ފުލުހުން ފޮނުވީ އެމްޑީޕީއަށް ވޯޓު ގުނައިދޭން ކަމަށެވެ. އެވަރުވެސް އެމްޑީޕީއަށް ނުކުރެވޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް