ޕާކިސްތާނުގެ އެކްޓަރު ސޭހަރް، ޒިމްބާބުއޭ މީހަކާއި އިންނަން ނުޖެހި ސަލާމަތްވެއްޖެ!

ޕާކިސްތާނުގެ މަޝްހޫރު އެކްޓްރެސް ސޭހަރް ޝިނަވާރީ، ޒިންބާބުއޭ ފިރިހެނަކާއި ކައިވެނި ކުރަން ނުޖެހި ސަލާމަތްވެއްޖެ އެވެ. މިހާރު ކުރިޔަށްދާ ޓީ20 ކްރިކެޓް ވޯލްޑްކަޕްގެ ފޯރި ގަދަވެފައި ވަނިކޮށް މިދިޔަ ބުރާސ...

06 Nov 2022 | 12:01

ޕާކިސްތާނުގެ މަޝްހޫރު އެކްޓްރެސް ސޭހަރް ޝިނަވާރީ، ޒިންބާބުއޭ ފިރިހެނަކާއި ކައިވެނި ކުރަން ނުޖެހި ސަލާމަތްވެއްޖެ އެވެ.

މިހާރު ކުރިޔަށްދާ ޓީ20 ކްރިކެޓް ވޯލްޑްކަޕްގެ ފޯރި ގަދަވެފައި ވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ސޭހަރް ކުރި ޓުވީޓެއްގައި ވަނީ މުއުޖިޒާތަކުން ނަމަވެސް ޒިމްބާބުއޭގެ ގައުމީ ޓީމުން އިންޑިއާ ބަލިކޮށްފި ނަމަ އޭނާ އެ ގައުމު ފިރިހެނަކާއި އިންނާނެ ކަމަށެވެ.

އޭނާގެ ޓުވީޓައި ގުޅިގެން މިދިޔަ ދެ ދުވަހު ވާދަވެރި އިންޑިއާ އާއި ޕާކިސްތާނުގެ ސަޕޯޓަރުންނާއި އާންމުން ދިޔައީ ސޯޝަލް މީޑިއާގައި ފޯރި ނަގަމުންނެވެ. ބައެއް މީހުން ވަނީ ސޭހަރްގެ އުންމީދު ފެނަށް ގޮސް، ހުންނަން ޖެހޭނީ އުމުރު ދުވަހު ހުސްހަށިބައިކޮށް ކަމަށް ބުނެ މަޖާ ނަގާފައި އެވެ.

ސޭހަރު އެ ފާހަގަ ކުރި މެޗު އޮތީ މިއަދު އެވެ. އެ މެޗު މިހާރު ކުޅެފައިވާއިރު އިންޑިއާއިން ވަނީ ޒިމްބާބުއޭ ބަލިކޮށްފައި އެވެ. އެހެންވެ މިހާރު މީހުން ކިޔަމުންދަނީ ސޭހަރް ޒިމްބާބުއޭ މީހަކާއި އިންނަން ނުޖެހި ސަލާމަތް ވެފައިވާ ކަމަށެވެ.

އެ މެޗު ކުޅުމުގެ ކުރިން ސޭހަރު ބުނީ ޒިމްބާބުއޭ މޮޅުވިޔަސް ކެޓިއަސް ދެން މައްސަލައެއް ނެތް ކަމަށެވެ. އެއީ ޕާކިސްތާނު އެއްކޮޅުން ސެމީފައިނަލަށް ގޮސްފައިވާތީ ކަމަށް އޭނާ ބުންޏެވެ.

ޒިމްބާބުއޭ ބަލިކޮށް ޓީ20 ކްރިކެޓް ވޯލްޑްކަޕްގައި އިންޑިއާ ސެމީ ފައިނަލަށް ދިޔަ އިރު ޕާކިސްތާން ސެމީ ފައިނަލަށް ދިޔައީ ބަންގްލަދޭޝް ބަލިކޮށްގެންނެވެ.

މި މުބާރާތުގައި އެންމެ ވާދަވެރި ޓީމުތަކަކީ އިންޑިއާ އާއި ޕާކިސްތާނެވެ. ދެ ގައުމުގެ ރައްޔިތުން އެއްގައުމު އަނެއް ގައުމަށް ވަރުގަދަ ބަހުގެ ހަމަލާތައް ދެމުންދާއިރު ސޭހަރް ދަނީ އިންޑިއާ ކުޅޭ ކޮންމެ މެޗަކާއި ދިމާކޮށް މިކަހަލަ ފޯރި ނެގޭކަހަލަ ވާހަކަ ދައްކަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް