ބައްރު: ދެކުނު އެމެރިކާ
ފީފާ ރޭންކިން: 3
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1930
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ޗެމްޕިއަން (1978،1986) ރަނަރަޕް (1930، 1990،2014 )
ކޯޗު:
ނަން: ލިއޮނެލް ސްކަލޯނީ
ގައުމު: އާޖެންޓީނާ
އުމުރު: 44 އަހަރު
އުފަން ތާރީހު: 15 މެއި 1978
ޓީމާ ހަވާލުވީ: 2018 ވަނަ އަހަރު
އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކޮލާނީ އަކީ ކާމިޔާބު ކޯޗެއްގެ ގޮތުގައި ބެލެވިފައިވާ ކޯޗެކެވެ. ޑިޕޯޓިވޯ ލަކަރޫނިއާ އަދި ވެސްޓް ހަމް ފަދަ ކުޅަބުތަކަށް ކުރިން ކުޅެފައިވާ ސްކޮލާނީ ކޯޗިން ދާއިރާއަށް އަލަށް ނުކުތީ ވެސް އާޖެންޓީނާގެ ގައުމީޓީމުގެ ކޯޗުކަމަށް 2018 ވަނަ އަހަރުގައެވެ. އޭނާ ވަނީ 2021 ވަނަ އަހަރު ބޭއްވުނު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަމާއި މިއަ އަހަރު ކުޅުނު ކެމިބޯލް – ޔޫއެފާ ކަޕް އޮފް ޗެމްޕިއަންސް އާޖެންޓީނާއަށް ހޯދައިދީފައެވެ. މި ކާމިޔާބީތަކާއި އެކު މިފަހަރުގެ ވޯލްޑް ކަޕާއި ސްކޮލާނީ ކުރިމަތިލަނީ ރަނގަޅު ނަތީޖާތަކެއް ނެރުމުގެ ބޮޑު އުންމީދަކާއި އެކުގައެވެ.
މުހިންމު ކުޅުންތެރިން:
ލިއޮނެލް މެސީ
މެސީ އަކީ އާޖެންޓީނާގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަން ގިނަ ބަޔަކު ގަބޫލްކުރާނެ އެވެ. އަދި ދުނިޔޭގައިވެސް މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިއާއެވެ. މެސީ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތް ފަހަރު ހޯދާފައިއެވެ. ކްލަބު ފެންވަރުގައި މެސީ އަށް ނުލިބޭ ކާމިޔާބީއެއް ނެތެވެ. ގައުމީ ފެންވަރުގައި ވެސް ދުނިޔޭގެ ތަށި ނުލިބުނަސް ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މެސީ ވަނީ އާޖެންޓީނާއާއި އެކު ކާމިޔާބު ކޮށްފައެވެ. އެއީ 2021 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތައްޓެވެ. މެސީ އަށް މިހާރު މަދުވަނީ ހަމަ އެކަނި ވޯލްޑް ކަޕް ތައްޓެވެ. މިފަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ މެސީގެ އެންމެ ފަހުގެ މުބާރާތް ކަމަށް އޭނާ އިއުލާން ކޮށްފައިވާއިރު، މި ފަހަރު މުބާރާތުގެ ތަށި އުފުލާލުމަކީ މެސީގެ އެންމެ ބޮޑު އުންމީދަށް ވާނެއެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިކޮށްދިނުމުގައި މެސީގެ ދައުރު ބޮޑެވެ.
ލަޓާރޯ މާޓިނޭސް
އިޓަލީގެ އިންޓަ މިލާނުގެ ތަރި ލަޓާރޯ މާޓިނޭސް އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ޓީމުން ވިދުން ގަދަވާނޭ ކުޅުންތެރިއެކެވެ. މި ވަގުތު ޔޫރަޕްގައި އެންމެ ފޯމުގައި ހުރި އެއް ފޯވަޑަކީ މާޓިނޭސް އެވެ. މިއީ އުމުރުން 25 އަހަރުގެ މާޓިނޭސްގެ ފުރަތަމަ ވޯލްޑް ކަޕެވެ. މީގެ ކުރިން އޭނާ ކުޅުނީ 2019 އަދި 2021 ވަނަ އަހަރު ކޮޕާ އެމެރިކާ މުބާރާތެވެ. އާޖެންޓީނާގެ ވަރުގަދަ ފޯވަޑް ލައިންގައި ތިބި ކުޅުންތެރިންގެ ތެރެއިން އިދިކޮޅު ޓީމުތަކުން އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ކުޅުންތެރިޔަކީ މާޓިނޭސް އެވެ. މާޓިނޭސް އާޖެންޓީނާގެ ގައުމީޓީމަށް ކުޅެން ފެށީ 2018 ވަނަ އަހަރުގައެވެ. އޭގެ ފަހުން އާޖެންޓީނާއަށް ކުޅެދިން 40 މެޗުގައި 21 ގޯލު ޖަހައިދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް