ރައީސް ޔާމީން އައްޑޫ ސީޓީއަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ. މިދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަޑައިގެންނެވީ އައްޑޫ ސީޓީ ފޭދޫއަށެވެ. އެމަނިކުފާނު އެ ރަށަށް ވަޑައިގެންނެވީ މިއަދު މެންދުރު1:00 ހާ...

06 Nov 2022 | 10:57

ކުރީގެ ރައީސް އަބްދުﷲ ޔާމީން އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަޑައިގެންނެވީ އައްޑޫ ސީޓީ ފޭދޫއަށެވެ. އެމަނިކުފާނު އެ ރަށަށް ވަޑައިގެންނެވީ މިއަދު މެންދުރު1:00 ހާއިރު އެވެ.

ޔާމީން އައްޑޫއަށް ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ޕީޕީއެމް ސަޕޯޓަރުން ވަނީ މަރުހަބާ ކިޔުމަށް އެއްވެފައި އެވެ.

ޕީޕީއެމްއިން ބުނީ މިއަދު އެންމެ ފުރަތަމަ އޮންނާނީ ފޭދޫގައިި ޕީޕީއެމްގެ ސަޕޯޓަރުންނާއި ބައްދަލު ކުރެއްވުމަށް ބާއްވާ ޖަލްސާ ކަމަށެވެ. މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް އެމަނިކުފާނު ވަޑައިގެންނަވާނެ އެވެ.

ޕީޕީއެމްއިން ބުނީ ޔާމީންގެ މިދަތުރުފުޅަކީ ޕާޓީއަށް މެމްބަރުން އިތުރުކޮށް، އެ ޕާޓީގެ އާންމު މެމްބަރުންނާއި އެމަނިކުފާނު ބައްދަލު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންވެސް ކުރައްވާނެ އެވެ.

ޕީޕީއެމްއިން ކުރިން ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ޔާމީން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް