ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް

ކުޅުދުއްފުށީގައި ލޮރީއަކާއި ޓެކްސީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މީގެ އިރުކޮޅެއް ކުރިން ހިނގި އެ އެކްސިޑެންޓާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ކުޅުދުއްފުށީ ސިޓީ ކައުންސ...

06 Nov 2022 | 08:51

ކުޅުދުއްފުށީގައި ލޮރީއަކާއި ޓެކްސީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މީގެ އިރުކޮޅެއް ކުރިން ހިނގި އެ އެކްސިޑެންޓާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ދާއޫދު ވިދާޅުވީ އެކްސިޑެންޓްވީ އެމްޓީސީސީގެ ލޮރީއަކާއި ޓެކްސީއެއް ކަމަށެވެ.

"އެމްޓީސީސީ ލޮރީ އެއާޕޯޓް ސަރަހައްދަށް ވެލި ހުސްކޮށްފަ ލޯޑްކުރަން ދިޔަ މަގުމަތީގަ ކާރާއި އެކްސިޑެންޓްވީ، އަލްހަމްދުލިﷲ މީހަކަށް މާބޮޑު އަނިޔާއެއް ނުލިބޭ" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކާރަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާކަމަށާއި ލޮރީވެސް ގްރައުންޑްވެފައިވާކަމަށެވެ.

ސޯޝަލް މީޑިއާއިން ދުވަހަށް ފެނުނު ވީޑިއޯއަކުން ފެންނަގޮތުގައިވެސް ކާރަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ  މަންޒަރު ފެނެއެވެ.

މިކަމުގައި ފުލުހުންގެ ކޮމެންޓެއް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް