އިންޑޮނީޝިއާގެ ވެރިރަށް ބާލީގައި އަންނަ ނޮވެމްބަރު މަހުގެ 2 އިން 3 އަށް އާރް20 ސަމިޓް ބާއްވަން ތައްޔާރުވަމުން އަންނައިރު، މި ސަމިޓުގެ ސަބަބުން އިންޑިއާ އާއި އިންޑޮނޭޝިއާގެ ތާރީހީ އަދި ތަހުޒީބީ ގުޅުން އަލުން އާރާސްތުކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.
އިންޑޮނޭޝިއާގައި ފުރަތަމަ ފަހަރަށް އާރް-20 ސަމިޓް ބޭއްވުމާއި އިންޑިއާއަށް ބެޓަން ހަވާލުކުރުމަކީ ހަގީގަތުގައި ވެސް ގައުމުތަކުގެ މެދުގައި އޮތް ތާރީހީ ގުޅުން އަލުން ބަދަހިކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި އިންޑޮނޭޝިއާގެ މުސްލިމުން މިކަމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށް ސެންޓަރ ފޯ ސިވިލައިޒޭޝަނަލް ވެލިއުސްގެ ސީއީއޯ ސީ ހޮލެންޑް ޓޭލާ ވިދާޅުވި އެވެ.
މި ދެ ގައުމަކީ ދުނިޔޭގެ އެންމެ މުހިންމު ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމުކަން ފާހަގަކުރައްވައި ހޮލެންޑް ވަނީ އަންނަ އަހަރު އިންޑިއާއިން ބާއްވާ އާރް20 ސަމިޓް ކާމިޔާބުވާނެ ކަމަށް އުންމީދު ކުރައްވައިފަ އެވެ.
އިންޑިޔާއާއި އިންޑޮނޭޝިއާއާ ދެމެދު ސަޤާފީ އަދި ވިޔަފާރީގެ ގޮތުން ދެ ހާސް އަހަރު ގާތް ގުޅުމެއް އޮވެއެވެ. ހިންދޫ، ބުޑިސްޓު އަދި މުސްލިމުން އިންޑޮނޭޝިއާއަށް ދަތުރުކުރީ އިންޑިޔާގެ އައްސޭރިފަށުންނެވެ.
ދެ ގައުމުގެ ދެމެދުގައި ޙިއްޞާކުރެވިފައިވާ ޘަޤާފަތާއި، އިސްތިޢުމާރީ ތާރީޚާއި، މިނިވަންކަމަށްފަހު، ސިޔާސީ ސިޔާދަތާއި، އިޤްތިޞާދީ ފުދުންތެރިކަމާއި، މިނިވަން ޚާރިޖީ ސިޔާސަތުގެ ލަނޑުދަނޑިތަކަކީ، ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ އެއްބައިވަންތަކަމުގެ އަސަރެކެވެ.
ޖީ-20 ސަމިޓް ގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 2 އިން 3 އަށް އިންޑޮނޭޝިއާގެ ބާލީގައި ފުރަތަމަ ފަހަރަށް އާރް20 (ދީނީ ފޯރަމް) ގެ ނަމުގައި ބާއްވާ ރަސްމީ އިވެންޓެއް ވެސް ހިމެނެ އެވެ.
1 ޑިސެމްބަރު 2022 އިން 30 ނޮވެމްބަރު 2023 ގެ ނިޔަލަށް އިންޑިއާ އޮންނާނީ ގްރޫޕް އޮފް ޓުވެންޓީ (ނުވަތަ ޖީ20) ގެ ރިޔާސަތުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް