ވިޔަފާރި ޕްރޮމޯޓް ކުރުމަށް ހާއްސަ އެޑްވަޓޯރިއަލް ޕެކޭޖްތަކެއް ދުވަސް އިން ތައާރަފްކޮށްފި

ދުވަސް ނޫހަކީ ރާއްޖޭގެ މީޑިއާ ދާއިރާގައި އަށް އަހަރުވެފައިވާ، ކުރިއަރަމުން އަންނަ އޮންލައިން ނޫހެކެވެ. ނޫހަށް މަހެއްގެ ތެރޭގައި ބައި މިލިޔަނެއްހާ ކިޔުންތެރިން ޒިޔާރަތްކުރާއިރު ކުދި އަދި މެދު ފަންތީގެ ...

06 Nov 2022 | 07:50

ދުވަސް ނޫހަކީ ރާއްޖޭގެ މީޑިއާ ދާއިރާގައި އަށް އަހަރުވެފައިވާ، ކުރިއަރަމުން އަންނަ އޮންލައިން ނޫހެކެވެ. ނޫހަށް މަހެއްގެ ތެރޭގައި ބައި މިލިޔަނެއްހާ ކިޔުންތެރިން ޒިޔާރަތްކުރާއިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ އެޑްވަޓޯރިއަލް ޕެކޭޖްތަކެއް ދުވަހުން މިވަނީ ތައާރަފްކޮށްފައެވެ.

އެގޮތުން މި ޕެކޭޖްތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ނޫހުގެ މެނޭޖިން އެޑިޓަރ އަޒްމީ އަލީ ވިދާޅުވީ މި ޕެކޭޖްތައް ބޮޑަށް ފަރުމާކުރެވިފައިމިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އޮންލައިންކޮށް ހިންގާ ވިޔަފާރި ޕޭޖްތަކަށް ކަމަށެވެ. ނަމަވެސް ހުރިހާ ވިޔަފާރިތަކަށްވެސް މި ޕެކޭޖް ހުޅުވާލެވިފައިވާކަމުގައި އަޒްމީ ވިދާޅުވިއެވެ.

ދުވަސް އިން ތައާރަފްކޮށްފައިވަނީ ތިން ޕެކޭޖެކެވެ. އެއީ، ބޭސިކް، ސްޓޭންޑަޑް އަދި ޕްރިމިއަމް ޕެކޭޖެވެ.

ބޭސިކް ޕެކޭޖް:

މި ޕެކޭޖްގެ ދަށުން ޕަބްލިޝްކުރެވޭ އާޓިކަލް ފަސް ޑޮލަރުން ބޫސްޓްކޮށްދެވޭނެއެވެ. އަދި ބޫސްޓިންގ މުއްދަތު ނިމުމުން އެޑްވަޓޯރިއަލް ކިޔާފައިވާ މީހުންގެ އަދަދާއި އިތުރު ސްޓެޓިސްޓިކްސްތައް ހިއްސާކޮށްދޭނެއެވެ. މީގެ އިތުރުން އެޑްވަޓޯރިއަލް އަށް އިންޓަވިއު ނެގުމާއި އެޑްވަޓޯރިއަލް ލިޔެދިނުމާއި އެޑްވަޓޯރިއަލް އަށް ފޮޓޯ ބޭނުންވާނަމަ ފޮޓޯ ނަގާދިނުން ދުވަސް އިން ކުރިއަށް ގެންގޮސްދޭނެއެވެ.

މި ޕެކޭޖްގެ އަގަކީ ހަމަ އެންމެ 1750 ރުފިޔާއެވެ.

މި ޕެކޭޖްގެ ދަށުން ލިޔެވޭ އެޑްވަޓޯރިއަލް މަދުވެގެން ގާތްގަނޑަކަށް 20 ހާސް މީހުންނަށް ރީޗްވާނެކަމުގައި ބެލެވެއެވެ.

ސްޓެންޑަޑް ޕެކޭޖް:

މި ޕެކޭޖްގެ ދަށުން ޕަބްލިޝްކުރެވޭ އާޓިކަލް 10 ޑޮލަރުން ބޫސްޓްކޮށްދެވޭނެއެވެ. އަދި އެއް ދުވަހުގެ މުއްދަތަށް ޕޮޕް-އަޕް އެޑެއް ދެވޭނެއެވެ. އަދި ބޫސްޓިންގ މުއްދަތު ނިމުމުން އެޑްވަޓޯރިއަލް ކިޔާފައިވާ މީހުންގެ އަދަދާއި އިތުރު ސްޓެޓިސްޓިކްސްތައް ހިއްސާކޮށްދޭނެއެވެ. މީގެ އިތުރުން އެޑްވަޓޯރިއަލް އަށް އިންޓަވިއު ނެގުމާއި އެޑްވަޓޯރިއަލް ލިޔެދިނުމާއި އެޑްވަޓޯރިއަލް އަށް ފޮޓޯ ބޭނުންވާނަމަ ފޮޓޯ ނަގާދިނުން ދުވަސް އިން ކުރިއަށް ގެންގޮސްދޭނެއެވެ.

މި ޕެކޭޖްގެ އަގަކީ ހަމަ އެންމެ 2500 ރުފިޔާއެވެ.

މި ޕެކޭޖްގެ ދަށުން ލިޔެވޭ އެޑްވަޓޯރިއަލް މަދުވެގެން ގާތްގަނޑަކަށް 30 ހާސް މީހުންނަށް ރީޗްވާނެކަމުގައި ބެލެވެއެވެ.

ޕްރީމިއަމް ޕެކޭޖް:

މި ޕެކޭޖްގެ ދަށުން ޕަބްލިޝްކުރެވޭ އާޓިކަލް 15 ޑޮލަރުން ބޫސްޓްކޮށްދެވޭނެއެވެ. އަދި އެއް ދުވަހުގެ މުއްދަތަށް ޕޮޕް-އަޕް އެޑެއް ދެވޭނެއެވެ. އަދި ފަސް ދުވަހުގެ މުއްދަތަށް ދުވަސްގެ އެޑް ސްލޮޓްތަކުން ހިޔާރުކުރާ ސްލޮޓެއްގައި ފަސް ދުވަހުގެ މުއްދަތަށް އިސްތިހާރު ޝާއިޢުކޮށްދޭނެއެވެ. އަދި ބޫސްޓިންގ މުއްދަތު ނިމުމުން އެޑްވަޓޯރިއަލް ކިޔާފައިވާ މީހުންގެ އަދަދާއި އިތުރު ސްޓެޓިސްޓިކްސްތައް ހިއްސާކޮށްދޭނެއެވެ. މީގެ އިތުރުން އެޑްވަޓޯރިއަލް އަށް އިންޓަވިއު ނެގުމާއި އެޑްވަޓޯރިއަލް ލިޔެދިނުމާއި އެޑްވަޓޯރިއަލް އަށް ފޮޓޯ ބޭނުންވާނަމަ ފޮޓޯ ނަގާދިނުން ދުވަސް އިން ކުރިއަށް ގެންގޮސްދޭނެއެވެ.

މި ޕެކޭޖްގެ އަގަކީ ހަމަ އެންމެ 3500 ރުފިޔާއެވެ.

މި ޕެކޭޖްގެ ދަށުން ލިޔެވޭ އެޑްވަޓޯރިއަލް މަދުވެގެން ގާތްގަނޑަކަށް 40 ހާސް މީހުންނަށް ރީޗްވާނެކަމުގައި ބެލެވެއެވެ.

ދުވަސްގައި އެޑްވަޓޯރިއަލްއެއް ޝާއިޢުކޮށްލަން ބޭނުންފުޅުނަމަ ދުވަސްގެ ހޮޓްލައިން ނަމްބަރު 9770541 އަށް ގުޅާލުމުން އިތުރު މައުލޫމާތު ލިބިގެންދާނެއެވެ. އަދި އަޅުގަނޑުމެންގެ މާކެޓިންގ އީމެއިލް [email protected] އަށް އީމެއިލް ކޮށްލެއްވުމުންވެސް އިތުރު މައުލޫމާތު ލިބިގެންދާނެއެވެ.

މީގެ އިތުރުން ދުވަސް ނޫހުގައި އިސްތިހާރު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް