މާލޭގެ އިރުމަތި ފަރާތުގެ ސަލްމާން މިސްކިތް ސަރަޙައްދަށް އުދަ އަރާތީ، މާލެ ސިޓީ ކައުންސިލުން އެސަރަހައްދުގައި ފާރެއް ރާނައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން ފާހަގަކޮށް ޓުވީޓެއް ކުރައްވާފައި އެވެ. އޭނާ ވިދާޅުވީ އުދަ އަރާ މޫސުން ތަކުގައި އެ ފާރުން ކޮންމެސް ވަރަކަށް ހައްލު ލިބޭނެ ކަމަށެވެ.
ކިންގް ސަލްމާން މިސްކިތް ހުންނަ ސަރަޙައްދަކީ މާލޭގައި ވަރަށް ގަދަޔަށް އުދައަރާ ސަރަޙައްދެކެވެ. އަދި އުދައަރާ ކޮންމެ ފަހަރަކު މާލެ ސިޓީ ކައުންސިލުން އެސަރަހައްދު ސާފުކޮށް ހަދައެވެ.
މި ފާރު ރޭނުމުން މާލެއަށް އުދަ އެެރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކަން ފާހަގަކުރެވޭކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. އެ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ވެސް ލޮނު ގެ އަސަރު ކުރުމުން ރައްކާތެރި ކޮށްދެއެވެ.
އިއްޔެ މާލެއަށް އުދައެރުމުގެ ސަބަބުން ކާނިވާ ސަރަޙައްދާއި، ބޮޑުތަކުރުފާނުމަގުގެ ބޮޑު ސަރަޙައްދަކަށް ވަނީ ލޮނުގެ އަސަރުކޮށްފައެވެ. އަދި އިންޑަސްޓްރިއަލް ވިލެޖަށްވެސް ވަރަށް ބޮޑަށް އުދަ އަރާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް