އަލިފުށީ ބިން ހިއްކުމާއި އެއާޕޯރޓް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިޔަށް ދަނީ

ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ. އެ ކުންފުނިން ބުނީ މިހާރު ކުރިޔަށްދާ މަސައްކަތްތަކުގެ ތެރޭގައި އަލިފާން ނިއްވާ އިމާރާތުގެ ...

06 Nov 2022 | 03:54

ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މިހާރު ކުރިޔަށްދާ މަސައްކަތްތަކުގެ ތެރޭގައި އަލިފާން ނިއްވާ އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް ފެށިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ ފަޔާ ޕޮންޑުގެ ޝަޓަރިން އާއި ބާ ބެންޑިން މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާނެ އެވެ. އަދި 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމާއި، ޓާރމިނަލް ބިލްޑިންގ އަކާއި ފަޔަރ ބިލްޑިންގ އެއް އެޅުމާއި، އަލިފާންނިއްވާ އިކުއިޕްމަންޓް ބަހައްޓާނެ އެވެ. މަޝްރޫއު ނިމޭއިރު 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

މި މަޝްރޫޢަކީ 451.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް