ކަރަންގެ ރުޅިގަނޑު ފަޅައިގެން ގޮސްފި، ރާޖީވް ގޮވައިގެން ފުލުހަށްދާނެ ކަމަށް ބުނެފި!

މި ޔުވިވާސްގެ މަގާމު ހޯދާފައިވާ ސުޝްމިތާ ސެންގެ ކޮއްކޮ ރާޖީވް ސެން އާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށް އިންޑިއާގެ ޓީވީ އެކްޓަރު ކަރަން މެހެރާ ބުނެފި އެވެ. ރާޖީވް ދެކެ ރުޅިއައިސްގެން އުޅެނީ އޭނާގެ އަންހ...

06 Nov 2022 | 03:42

މި ޔުވިވާސްގެ މަގާމު ހޯދާފައިވާ ސުޝްމިތާ ސެންގެ ކޮއްކޮ ރާޖީވް ސެން އާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށް އިންޑިއާގެ ޓީވީ އެކްޓަރު ކަރަން މެހެރާ ބުނެފި އެވެ.

ރާޖީވް ދެކެ ރުޅިއައިސްގެން އުޅެނީ އޭނާގެ އަންހެނުން ޗާރޫ އަސޯޕާ އާއި ކަރަން އައި ދެމީހުންގެ ލޯބީގެ ގުޅުން އޮންނަ ކަމަށް ބުނެ ދެއްކި ވާހަކައަކާއި ގުޅިގެންނެވެ. ޗާރޫ އާއި ރާޖީވް ވަނީ އެއްކޮށް ނޫޅެވިގެން ވަރިވާންށެވެ.

މިފަހުން ރާޖީވް މީޑިއާގައި ދިން އިންޓަވިއުއެއްގައި ބުނީ ޗާރޫ އާއި ކަރަން އާއި ދެމީހުން އުޅެނީ ރައްޓެހިވެގެން ކަމަށެވެ. އަދި އެ ވާހަކަ ޗާރޫގެ މަންމަވެސް އޭނާ ކައިރީގައި ދެއްކި ކަމަށެވެ. ޗާރޫއަށް ޝައްކުކޮށް އެހެން އަންހެނުން ގެންގުޅޭ ކަމަށްބުނެ އޭނާ އާއި ގުޅޭގޮތުން ޗާރޫ ވާހަކަ ދެއްކި އިރު އޭނާ އުޅޭގޮތް އެހުރީ ކަމަށް ރާޖީވް ބުންޏެވެ.

މި ވާހަކަތަކާއި ގުޅިގެން ކަރަން ބުނީ އޭނާ އާއި ޗާރޫ އަކީ މާ ގާތްގުޅުމެއް އޮންނަ ބައެއް ނޫން ކަމަށެވެ. ދެމީހުން އެކުގައި މަސައްކަތް ކުރީ މީގެ12 އަހަރު ކުރިން "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ގައި ކަމަށާއި އޭގެ ފަހުން ދެމީހުން ފޯނުން ވާހަކަ ދެއްކީ މިދިޔަ ޖޫން މަހު ކަމަށެވެ.

އެ ދުވަހު ދެއްކީ ދެމީހުން ބައިވިވާން ނިންމި އިވެންޓެއްގެ ޕްރޮމޯޝަނަކާއި ގުޅޭގޮތުން ކަމަށް ބުނެފައިވެ އެވެ. ކަރަން ބުނީ ރާޖީވް އަކީ އޭނާ ދަންނަ މީހެއް ނޫންކަމަށާއި ފޯނު ނަމްބަރުވެސް ނެތް ކަމަށެވެ. އަދި ނަމްބަރު ހޯދައިގެން ގުޅައި، ކަންވީގޮތް ސާފުކޮށްދޭން މަސައްކަތް ނުކުރާނެކަން ފާހަގަކޮށް ކަރަން ބުނީ އޭނާ ރާޖީވް އާއި ދެކޮޅަށް މައްސަލަ ފުލުހަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

ރާޖީވްގެ ތުހުމަތުތަކާއި ގުޅިގެން ޗާރޫ ބުނީ ވަރަށް ބޮޑަށް ލަދުގަނެފައިވާ ކަމަށެވެ.

ޗާރޫ ރާޖީވް ކައިރިން ވަރިވާން ނިންމީ ރާޖީވް ދެން ދުވަހަކުވެސް ރަނގަޅު ނުވާނެ ކަމަށް ބުނެފައި އެވެ. މިއީ ދެމީހުން ވަރިވާން ނިންމި ދެވަނަ ފަހެރެވެ. ޗާރޫ ބުނީ ވަރިވުމުގެ މަސައްކަތް އޭނާ ފަށާފައިވާ ކަމަށާއި ފުރަތަމަ ފަހަރު ވަރު ނުވާން ނިންމީ ދަރިފުޅަށްޓަކައި ކަމަށެވެ.

އެ ދެމީހުން ކައިވެނި ކުރީ2019 ވަނަ އަހަރު އެވެ. ދެމީހުންގެ11 މަހުގެ އަންހެން ކުއްޖެއް އޮވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް