ދުވަހުގެ މޫސުން: ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ، މެދާއި ދެކުނަށް އުދަ އެރުން އެކަށީގެންވޭ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި ދިޔަވަރު ބޮޑު ގަޑިތަކުގައި މެދުރާއްޖެއާއި ދެކުނުގެ ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެ...

06 Nov 2022 | 01:54

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި ދިޔަވަރު ބޮޑު ގަޑިތަކުގައި މެދުރާއްޖެއާއި ދެކުނުގެ ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ހުޅަނގުދެކުނާއި ހުޅަނގުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު ހަ މޭލާއި 16 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.

ކަނޑުތަކަށް ބަލައިލާއިރު މިއަދު އުތުރުގެ ކަނޑުތައް މަޑުވާނެކަމަށާއި އެހެން ހިސާބުތަކުގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައިވެއެވެ.

ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ  ދެ ފޫޓާއި ފަސް ފޫޓާއި ދެމެދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް