މަޝްހޫރު ޕޮޕް އަދި ރެޕް ލަވަކިޔުންތެރިޔާ އެރަން ކާޓާ މަރުވެއްޖެއެވެ. މަރުވިއިރު އުމުރަކީ 34 އަހަރެވެ.
ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި އެރަން މަރުވެފައިވަނީ އޭނާގެ ގޭގައި ހުއްޓައެވެ. މަރުވެފައި އޮތީ ބާތުޓަބެއްގެ ތެރޭގައި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި އެ ހާދިސާ 911 އަށް ރިޕޯޓްކުރުމުން ގޮސް ބެލި އިރު މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު އެރަންގެ މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރިތޯ ބެލުމަށް މިހާރު މަސައްކަތް ފަށާފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އުމުރުން 34 އަހަރުގައި އެރަން މަރުވެފައިވާއިރު ޑިސެމްބަރު ހަތެއް 1987ގައި އުފަންވި އެރަން ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުވެގެންގޮސްފައިވަނީ 1990ގެ ފަހުކޮޅުގައެވެ.
ޒުވާން އުމުރުގައި އެރަން މަރުވެފައިވާއިރު މިއުޒިކީ މަސައްކަތެއް އެރަން ނުކުރާތާ އަހަރުތަކެއް ވަނީ ވެފައެވެ. މި ފަހަކަށް އައިސް މަސްތުވާތަކެއްޗާއި ގުޅުންހުރި ބައެއް މައްސަލަތަކުގައިވެސް އޭނާ ހައްޔަރުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް