ޓްވިޓާގެ ވެރިފައިޑް އެކައުންޓްތަކުން ސަބްސްކްރިޕްޝަން މޮޑެލްގައި ފައިސާ ނަގަން ނިންމި ނިންމުމަށް ބައެއް ސަރަހައްދުތަކުގައި އަމަލުކުރަން ފަށައިފިއެވެ.
އެގޮތުން ޓެކް ކްރަންޗް ފަދަ ބައެއް ޓެކް، މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ޓްވިޓާ އައިއޯއެސް އެޕަށް ގެނެސްފައިވާ އަޕްޑޭޓެއްގައި ސަބްސްކްރިޕްޝަން ވަނީ ތައާރަފްކޮށްފައެވެ. ސަބްސްކްރިޕްޝަންގެ އަގަކީ 7.99 ޑޮލަރެވެ.
ސަބްސްކްރިޕްޝަން މޮޑެލް ތައާރަފްކޮށްފައިވާއިރު މިއީ އެމެރިކާގެ އިންތިހާބު ބޯމަތީގައި އޮއްވާ އީލޮން މަސްކް އިސްވެ ހުރެ އަޅާ ނުބައި ފިޔަވަޅެއްކަމުގައިބުނެ ބައެއް ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން ހަމަ ކޮންމެ މީހަކަށްވެސް ސަބްސްކްރިޕްޝަނެއް ގަނެގެން ޓްވިޓާ އެކައުންޓް ވެރިފައިކޮށްލެވޭނަމަ އާންމުންނަށް އޮޅުންބޮޅުން އެރުމުގެ ފުރުސަތު ބޮޑުވާނެކަން މިކަމުގައި ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މިހާތަނަށް ޓްވިޓާ ވެރިފިކޭޝަން ދެމުންގޮސްފައިވަނީ ވަރަށް ހަރުދަނާގޮތެއްގައިކަން ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެއެވެ.
ކޮންމެއަކަސް ވިޔަފާރިވެރިޔާ އީލޮން މަސްކް، ޓްވިޓާ ގަތުމަށް ޓްވިޓާ ކުންފުންޏަށާއި ޓްވިޓާ އެޕަށް ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ. އެގޮތުން ޓްވިޓާ ކުންފުނިން އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކުރަމުން އަންނައިރު ކުންފުނީގެ މަތީފަޑިންވެސް ގިނަ ބަޔަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް