ފަހު ހާފުގެ ދެ ލަނޑުން، ތާވަލުގެ ފުލުގައި އޮތް ޓީމުއަތުން ފަހަތުން އަރާ ޔުވެންޓަސް މޮޅުވެއްޖެ

އިޓާލިއަން ލީގު ތާވަލުގެ ފުލުގައި އޮތް ބެނެވެންޓޯ އާ ދެކޮޅަށް ޔުވެންޓަސް ރޭ ކުޅުނު މެޗުގައި އެ ޓީމުން ލަނޑެއް ޖަހާފައި ވަނިކޮށް ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ދެ ލަނޑާއެކު ފަހަތުން އަރާ ޔުވެންޓަސް މޮޅ...

06 Nov 2017 | 07:23

އިޓާލިއަން ލީގު ތާވަލުގެ ފުލުގައި އޮތް ބެނެވެންޓޯ އާ ދެކޮޅަށް ޔުވެންޓަސް ރޭ ކުޅުނު މެޗުގައި އެ ޓީމުން ލަނޑެއް ޖަހާފައި ވަނިކޮށް ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ދެ ލަނޑާއެކު ފަހަތުން އަރާ ޔުވެންޓަސް މޮޅުވެއްޖެއެވެ.

ރޭ ޓޮރީނޯއާ 1-1 އިން އިންޓަ މިލާން އެއްވަރު ވެފައި އޮތުމުން ޔުވެންޓަސްއަށް ރޭގެ މެޗުން މޮޅުވެގެން ތާވަލުގެ ދެ ވަނައަށް ޖެހިލެވެން އޮތްއިރު، މެޗުގެ ފެށުން ދިޔައީ ޔުވެންޓަސް އުންމީދު ކުރި ގޮތަކަށް ނޫނެވެ. އެލޭންޒް އެރީނާގައި ކުޅުނު މެޗުގައި ޔުވެންޓަސްއިން މެޗު ފެށިގެން ގިނަ ހަމަލާތައް އުފެއްދި ނަމަވެސް، ބެނެވެންޓޯގެ ކެޕްޓަން ސިސިރޭއްޓީ ވަނީ ހިލޭ ޖެހުމަކުން ލަނޑު ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 19 ވަނަ މިނިޓުގައެވެ.

ލީގުގައި މިހާތަނަށް އެންމެ މެޗަކުންވެސް މޮޅުވެފައި ނުވާ ބެނެވެންޓޯ އިން ވަނީ ޔުވެންޓަސްގެ ހަމަލާތައް ހުއްޓުވައި އެއްވަރުވިޔަ ނުދީ ގިނަ އިރުތަކެއް ވާންދެން ހިފަހައްޓާފައެވެ. ޔުވެންޓަސްއަށް ނަތީޖާ ހަމަހަމަ ކޮށްލެވުނީ މެޗުގެ 57 ވަނަ މިނިޓުގައެވެ. މިއީ ބޮލުން މަޓުއިޑީ ޖައްސާލި ބޯޅައަކުން ހިގުއައިން ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ނަތީޖާ ހަމަހަމަ ކުރިތާ މާކަ ގިނައިރުތަކެއް ނުވެ މެޗުގެ 65 ވަނަ މިނިޓުގައި އެލެކްސް ސަންޑްރޯ ނަގައިދިން ހުރަހަކުން ކްއަޑްރާޑޯ ކާމިޔާބު ކޮށްދިން ލަނޑާއެކު ޔުވެންޓަސް އިން ފަހަތުން އަރާ ލީޑު ނަގައި މެޗު ކާމިޔާބު ކުރިއެވެ.

މި މޮޅާއެކު ޔުވެންޓަސް ތާވަލުގެ ދެ ވަނައިގައި އޮތީ 31 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް ނަޕޯލީއަށް ލިބިފައިވަނީ 32 ޕޮއިންޓެވެ. ޔުވެންޓަސްގެ ފަހަތުން 3 ވަނައިގައި އޮތް އިންޓަ މިލާން އަށް ލިބިފައިވަނީ 30 ޕޮއިންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް